އިނގިރޭސި ވިލާތުގައި ބޭނުން ނުކޮށް ހުރި ސުޕާމާކެޓެއްގެ ތެރެއިން އެތައް ހާސް ކެނަބިސް ޕްލާންޓް ނުވަތަ މަރުވާނާ ހޯދައިފިއެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް އާއި އޭގެ ބާވަތްތަކަކީ އިނގިރޭސި ވިލާތުގައި މަނާ ތަކެތި ކަމުގައި ވާއިރު، މިތަން ފުލުހުންނަށް ފެނިފައި ވަނީ މަގުމަތިން ދިޔަ ބަޔަކު އެ ބިލްޑިން ތެރެއިން ވަރަށް ބޮޑަށް "ވީޑް" ގެ ވަސް އަރާ ކަމަށް ބުނުމުން އެތަން ރޭޑް ކުރުމުންނެވެ.

ކެނަބިސް ފާމް އެއް

ފުލުހުން އެތަން ބެލި ބެލުމުން، އެ ސުޕާމާކެޓު 14 ކޮޓަރިއަކަށް ބަހާލާފައި ވާއިރު، ކޮންމެ ކޮޓަރިއެއް ގައިވެސް ލައިޓިން ސިސްޓަމާއި އެއްޗހި ހަރުކޮށްފައެވެ. އެއީ އެގަސްތަށް އަވަހަށް ބޮޑު ކުރުމަށްޓަކައެވެ. އެތަނުން ފެނުނު ކެނަބިސް ޕްލާންޓުގެ އަދަދު 2647ށް އަރާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ އިރު، ފުލުހުން ވަނީ އެ ގަސްތަކާއި ކުޅެން ހުއްޓައި އެތާ އެތެރޭން ތޯން ހޯންގް ނަމަކަށް ކިޔާ މީހަކު ރެޑް ހޭންޑް ކޮށް ހައްޔަރު ކޮށްފައެވެ.

ނަމަވެސް މި މީހާ މިތަނުގައި މަސައްކަތް ކުރަމުން އަންނަތާ ވީ އެންމެ 6 ދުވަހެވެ. ހޯންގް އަކީ އެ ގައުމަށް ގަވާއިދާއި ހިލާފަށް ވަދެގެން އުޅޭ މީހެއް ކަމުގައި ވާއިރު، އެ ގައުމަށް އޭނާ ޓްރެފިކް ކޮށްދިން މީހުންނަށް ހޯންގް ވަނީ ގިނަ އަދަދެއްގެ ފައިސާ ތަކެއް ދައްކަން ޖެހިފައެވެ.

މައްސަލާގައި ހައްޔަރު ކުރި ހޯންގް

އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި ހޮންގް އަށް އޭނާ ބަލަހައްޓަމުން ދިޔައީ ކޮން ވައްތަރެއްގެ ގަހެއް ކަމެއްވެސް ނޭނގެއެވެ. އަދި އޭނާ އަށް އޮތީ އެ ބިލްޑިން އިން ބޭރަށް ނުދެވޭ ގޮތަށް ބޭރުން ތަޅުލާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ އެ ގައުމުގެ ފުލުހުން ސީރިއަސް ކަމާއި އެކު ބަލަމުން އަންނައިރު، ހޯންގް އަށް ވަނީ 16 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.