އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގެ އުމުރުން 38 އަހަރުގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާއާއި ބްރޭކްއަޕް ވުމުން ސިކުނޑިއާއި ފުއްޕާމޭ ވަކިން ކާލައިފިއެވެ.

އޭނާގެ މައްޗަށް މިމައްސަލައިގައި މިއަދު ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ ލޯބިވެރިޔާ މަރާލާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

ޖޯސެފް އޭނާގެ ލޯބިވެރިޔާ ޓަމީ މަރާލާފައި ވަނީ އޭނާގެ ގޭގެ ދޮރުގައި ފައިން ޖަހައި ދޮރު ވައްޓާލައި ގެއަށް ވަދެ އޭނާއަށް ވަޅިން ހަމަލާ ދީގެންނެވެ. އެއީ މީގެ 5 އަހަރު ކުރިންނެވެ.

ޕްރޮސެކިއުޓާ ޖެރެމީ މަލް ބުނީ، ހެކިތަކުން ފެންނަގޮތުގައި 38 އަހަރުގެ ޖޮސެފް އޮބަހަންސްލޭ، އޭނާގެ ކުރީގެ ލޯބިވެރިޔާ ޓަމީ ޖޯ ބްލަންޓޮންގެ ގޭގެ ދޮރުވައްޓައި އެގެއަށް ވަދެ ވަނީ ވަޅިން އޭނާ މަރާލައެވެ. އަދި މަރާލުމަށްފަހު ހަށިގަނޑުގެ ގުނަވަންތަށް ވަކިކޮށް ކާލާފައި ވެއެވެ. އޭގެ ތެރޭގައި ފުއްޕާމެއާއި ސިކުނޑި ހިމެނެއެވެ.

މަލް ބުނެފައިވަނީ އޮބަހަންސްލޭ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ގެއަށް ގޮސްފައިވަނީ އޭނާ އަށް ވިސްނައިދީ ވާހަކަ ދައްކަން ކަމަށެވެ.

އޭނާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ސިކުނޑީގެ ނާށިގަނޑު ފަޅަން ކަރަންޓު ކީހެއްވެސް ބޭނުންކޮށްފައެވެ. އޭނާ ވަނީ ފުލުހުން ކައިރީވެސް ސިކުނޑި ކާލީ ކައްކައިގެން ކަމަށް އެއްބަސްވެފައެވެ.

އެހެން ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއްނެތް މޮޔަ ވާހަކައެއްކަމަށް ބުނެފައެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާވަނީ މަރުވުމުގެ އެއްދުވަސް ކުރިން އޭނާ ރޭޕްކުރަން އުޅުނުކަމުގެ މައްސަލަވެސް ޖައްސާފައެވެ. މި މައްސަލަވެސް އޭނާ ވަނީ ދޮގުކޮށްފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުން މިހާރު ދަނީ ކުރިއަށެވެ. އޭނާ އާއި މެދު ވަކި ގޮތެއް ނިންމަން ކޯޓުން ހުކުމެއް ނުކުރެއެވެ. އޭނާ މިހާރު ހުރީ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު