އާއްމުގޮތެއްގައި ދެމަފިރިއެއްގެ ކައިވެނި ރުޅޭނީ ކޮންމެވެސް އެކަކު، އަނެއް ބައިވެރިޔާ އާއި މެދު ގޯސްކޮށް ކަންތައް ކުރާތީއެވެ. ނަމަވެސް ޔޫއޭއީގައި ދިމާވެގެން މިއުޅެނީ މިކަމާއި ދިމާ އިދިކޮޅު މައްސަލައެކެވެ. އެގައުމުގެ ކޯޓަކަށް އަންހެނަކު ވަރީގެ މައްސަލަ ހުށަހެޅި ފިރިމީހާ މާބޮޑަށް އޭނާ އަށް ރަނގަޅުވެފައި މާބޮޑަށް އޭނާ ދެކެ ލޯބިވާތީއެވެ.

ފްޖައިރާގެ ކޯޓަކަށް އަންހެން މީހާ ހުށަހެޅި ވަރީގެ މައްސަލައިގައި ބުނެފައި ވަނީ ފިރިމީހާ ކައިރިން ވަރިވާން ބޭނުން ވަނީ "އޭނާ އެއްވެސް ވަރަކަށް ޒުވާބު ނުކުރާތީއެވެ."

މާބޮޑަށް ފިރިމީހާގެ ލޯބި ލިބޭކަން ފާހަގަކޮށް އަންހެން މީހާ ބުނީ "އަހަރެން ކައިރީ އަހާލުމެއް ވެސް ނެތި އޭނާ ގޭތެރެ ވެސް ސާފުކުރަން ފަށާފާނެ." އެވެ.

ދެމަފިރިންގެ ކައިވެންޏަށް މިހާރު އަހަރެއްހާ ދުވަސް ވެފައި ވާއިރު އަދި އެންމެ ފަހަރަކު ވެސް ފިރިމީހާ ރުޅިއައިސް އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށާއި މިހާތަނަށް ފިރިމީހާ އަނބިމީހާ އާއި ދިމާއަށް ބާރަށް ވެސް އެއްޗެއް ބުނެފައި ނެތް ކަމަށް އަނބިމީހާ ބުނެއެވެ.

ދެން އަނބިމީހާގެ މައްސަލައަކީ ފިރިމީހާ މާގިނައިން އޭނާ އަށް ހަދިޔާ ގެނެސްދިނުމެވެ.

"އަހަރެންގެ ރޮމޭންޓިކް ފިރިމީހާ އަހަރެންނަށް ހަދިޔާއެއް ނުގެންނަ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެއީ ވެސް އަހަރެންނަށް ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައި" އަންހެން މީހާ ބުންޏެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިހާރު ބާއްވާފައި ވާއިރު ފިރިމީހާ ވަނީ އެދެމަފިރިން ވަރިކޮށް ނުދިނުން އެދި ކޯޓުގައި އާދޭސްކޮށްފައެވެ. ފިރިމީހާ ކޯޓުގައި ބުނީ ކޮންމެ މީހަކަށް ވެސް ކަންތައްތައް ރަނގަޅު ކުރެވޭނީ ގޯސް ހެދިގެން ކަމަށާއި އޭނާ އަށް ގޯހެއް ހެެދިފައިވާ ނަމަ އެކަން ރަނގަޅު ކުރާނެ ކަމަށެވެ.

މިޚަބަރު އާއްމުވުމާއި އެކު ގިނަ ބަޔަކު ގެންދަނީ އަންހެން މީހާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    ތިފިރިހެން މީހާ ހޯދަންވެއްޖެ ?

    45
    1
  2. އިކޫ

    ފިރިމީހާގެ މައްސަލައެއް އޮތްނަމްހީ މިހާރު ތިޔަ ކައިވެނި ރޫޅިއްޖެތާ އެތަށް ދުވަހެއްވީހެވެ. . ވަގު ފިރިން ގެންގުޅެންޔާ ކެތެއްނުވާނެ. ޝައިތާނާ އޭނަގެ މަންޒަރު ދައްކުވާނެ އަބަދު. އީމާންތެރިކަން ބަލިކަށިވުމާއި ޝުކުރު ކުރުމުން އެއްކިބާވުމުން ވާގޮތް..

    29
    2
  3. އ. ޖ. އ

    މިހާރު ތާކުންތާކު ޖެހޭ އަންހެނެއް އުޅޭތަ؟

    37
    4
  4. ބަމަރސް

    ނޯ އެގްޒައިޓްމެންޓް އިން ލައިފް

  5. ފުޖައިރާ

    އަންހެނުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ

    4
    1