އިނގިރޭސިވިލާތުގެ ފިރިހެނަކު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާއި ކައިވެނި ކޮށްގެން ލިބުނު ދަރިފުޅަށް އަށް އަހަރު ވަންދެން ޚަރަދު ކުރި ފަހުން އެއީ ހަޤީޤަތުގައި އޭނާގެ ދަރިއެއް ނޫންކަން އެނގިއްޖެއެވެ.
އަށް އަހަރުގެ ކައިވެނި މިހާރު ނިމުމަކަށް އައިސްފައި ވާއިރު މިހާރު އެނގިފައިވާ ގޮތުގައި އަމިއްލަ ދަރިކަމަށް ހީކޮށް ފިރިހެން މީހާ ޚަރަދުކޮށް ބަލަހައްޓަމުން ދިޔައީ ކައިވެނިކޮށްގެން ހުރެ އޭނާގެ އަނބިމީހާ ސިއްރުން ގެންގުޅުނު ލޯބިވެރިޔާގެ ދަރިއެވެ.
އަނބިމީހާ ބޭވަފާތެރިވިކަން ޔަގީން ވުމުން އޭނާ ވަރިކުރުމަށް ފަހު ފިރިހެން މީހާ މިހާރު ވަނީ ދަރިއެއް ކަމަށް ހީކޮށް ޚަރަދުކުރެއްވުނު ފައިސާ އަނބިމީހާގެ އަތުން އަނބުރާ ހޯދުމަށް ދައުވާ ކޮށްފައެވެ.
"ޚަރަދު ކުރި ހުރިހާ ފައިސާއެއް" އަނބުރާ ހޯދަން ކުރި ދައުވާގައި ފިރިހެން މީހާ ވަނީ އޭނާ އަށް އަނބިމީހާ އޮޅުވާލާފައި ވާތީ އާއި އެކަމުގެ ސަބަބުން އޭނާ އަަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ވެސް ކޯޓުގައި އެދިފައެވެ. އޭނާ އެދިފައި ވަނީ ލިބުނު ގެއްލުން ކޯޓުން އަގު ކުރުމަށް ފަހު އެއަދަދެއް ބަދަލުގެ ގޮތުގައި ނަގައި ދިނުމަށެވެ.
އަންހެން މީހާ ވަނީ ކޯޓުގައި ވެސް އެއީ އޭނާގެ ފިރިމީހާގެ ދަރިއެއް ނޫން ކަމަށް އެއްބަސްވެފައެވެ. އަދި ފިރިމީހާ އަށް އޮޅުވާލި ކަމަށް ވެސް އެއްބަސްވެފައި ވެއެވެ. ނަމަވެސް ފިރިމީހާ ދަރިފުޅަށް ކުރި ޚަރަދު އަނބުރާ ދައްކަން ޖެހޭނެ ކަމަށް އަނބިމީހާ ގަބޫލެއް ނުކުރެއެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ ޙުކުމް ކުރުމެވެ.
ރާއްޖޭގަވެސް ހީވެ ތިފަދަ ކުދިން ތިބެދާނެހެން، އެވަރަށް ވަގު ބިޓުން ގެންގުޅޭ އަންހެނުން ގިނަ...
ފިރިހެނުންވެސް!
ފިރިމީހާ އަކައް ކުދިންނެއް ނުލިބޭ، ކުރިން ވެސް ކައިވެނި ކޮއްގެން، ފަހުން އިން އަންހެން މީހާ ހިލޭ ފިރިހެނަކައް 2 ދަރި، ލިބިއްޖެ، އެކަމު ފިރިމީހާގެ ރުހުމުގަ،
ޢަންހެނުން އެކަނިތަ ވަގުބިޓު ގެންގުޅެނީ
އާަނ! ވަގު ބިޓުން ގެންގުޅެނީ އަންހެނުން އެކަނި
ފިރިހެނުން މާގިނައިން ވަގު ބިޓުން ގެންގުޅޭ
ރާއްޖޭގައި ވަރަށް ގިނަވާނެ އޮޑީ މަހާ ޙަވާލުވެގެން އުޅޭ މީހުން!
ކުޑަކުދިންނަކީ މައުސޫމް ބައެއް.ބޮޑެތިމީހުން ކުރާކުށުގެ ޒިންމާ އެކުދިން އުފުލުވަން ޖައްސައިގެން ނުވަނެ .ދެމީހުންރުޅިވިއަސް އެކުއްޖަަާއަށް އިހްސާންތެރި ވާންޖެހެޭ އެއިީ އިންސާނިއްޔަތު .
ބަލަ ބަދަލު ހޯދަން އެދުނީ ކުޑަކުއްޖާ އަތަކުން ނޫނޭ...