މިއީ ލޯބީގެ މިސާލެއް ފަދަ ދެމަފިރިންނެވެ. ޗައިނާއަށް ނިސްބަތްވާ މި ދެމަފިރިންގެ ލޯބީގެ ވާހަކަތައް މީސް މީޑިއާގެ ސަމާލުކަން ހުއްޓުނެވެ. ފިރިމީހާ ކޯމާގައި އޮންނަތާ ހަ އަހަރުވީއިރުެސް، ކޮންމެ ދުވަހަކު އޭނާގެ މި އަނބިމީހާ އޭނާގެ ގާތުގައި 20 ގަޑިިއިރު ހޭދަކުރެއެވެ.

2013 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ލި ޒިހުވާ އޮތީ ކޯމާގައެވެ. އޭނާ އެކްސިޑެންޓްވީ މަސައްކަތަށް ދަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ.

އޭގެ ފަހުން އޭނާގެ އަނބިމީހާ ކޮންމެ ދުވަހަކުވެސް އޭނާ ކައިރީ ވަގުތު ހޭދަކުރަނީ ނާސިންގ ހޯމްގައެވެ. އެ އެކްސިޑެންޓަށްފަހު ލިގެ ސިކުނޑިއަށް ގެއްލުންތަކެއް ވިއެވެ. އެ އެކްސިޑެންޓަށްފަހު 20 ގަޑިއިރު، އޭނާ ފިރިމީހާ ގާތުގައި ހޭދަކުރާއިރު، އޭނާ ނިދަނީ ކޮންމެ ދުވަހަކުވެސް ތިން ގަޑިއެއްހާއިރުއެވެ. އޭގެ ފަހުން ފިރިމީހާ ރީތިކޮށް، ފިރިމީހާއާއި ވާހަކަދައްކާވެސް ހަދައެވެ.

ލި ކޯމާގައި އޮވެފައި ހޭ އެެރުމަށްފަހު އަނބިމީހާގެ ގާތުގައި ބުނީ މިހެންނެވެ. "އަނބިމީހާއެވެ. އަހަރެން ކަލާ ދެލެ ވަރަށް ލޯބިވަމެވެ".

ލިގެ އަނބިމީހާ އުމުރުން 57 އަހަރުގެ ޒަންގ ބުނީ، އެ އެކްސިޑެންޓަށްފަހު ފިރިމީހާ ރަނގަޅުނުވާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ ޑޮކްޓަރުން އެ ދައްކަނީ ރަނގަޅު ނޫން ވާހަކައެއްކަން ސާބިތުކޮށްދޭން ކަމަށް ޒަންގ ބުންޏެވެ.

އެއާއެކު ޒަންގ ދިޔައީ ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން ފިރިމީހާ ގާތުގައި ވަގުތު ހޭދަކުރަމުންނެވެ. އޭނާ ލި އަށް ލަވަ ކިޔާދީ ވާހަކަ ކިޔާދީ ހަދައެވެ. އަދި ފިރިމީހާއަށް ކާން ދީވެސް ހަދައެވެ.

މިގޮތަށް އަހަރުތަކެއް ގޮސް ލި ރަނގަޅުވާން ފެށީ މިދިޔަ އަހަރު ތެރޭގައެެވެ. އަދި މިހާރު އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ލި އަށް އަދި ރަނގަޅަށް ވާހަކަނުދެއްކެއެވެ. ނަމަވެސް އޭނާ ރަނގަޅުވެދާނެ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޒަންގ ބުނީ، ފިރިމީހާ ދިރި އޮތްހާ ހިނދެއްގައި އޭނާއަށް އެހީވުމުގައި ދެމި ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަފީޤް

    ހާދަ ރަނގަޅު އަތްބެކޭ، އަހަރެންނަށްވެސް ތިޔަކަހަލަ ރަނގަޅު އަތްބެއް ލިބޭނެނަމައޭ ހިތަށް އަރާ، އަހަރެންނަކީވެސް ރާއްޖޭގެ ނިސްބަތުން ވަރަށް މައްޗަށް ކިޔަވައިގެން ހުރި ސަރުކާރުގެ މަތީ މަގާމެެއްގައި ހުރި އަޚްލާޤު ރަނގަޅު އަދި ސިފަ ރީތި މީހެއް. ކައިވެނި ކުރީ ވަރަށް އުފާވެރި ދުރިއުޅުމެއް ލިބޭނެކަމަށް، އިނީވެސް އަޚްލާޤު ރަނގަޅު ކުއްޖަކާ، އެކަމަކު ކައިވެނި ކުރި ފަހުން އަންހެނުން ވަރަށް ބަދަލުވި އަދި މޫނުމަތީ އެއްޗެހިކިޔާ ޒުވާބުކޮށް ހަދަން ފެށި، މިކަހަލަ ކަން ކަމަކީ އަހަރެންގެ ގައިގައި އަށަގެންފައި ހުރި ކަމަކަށް ނުވާތީ ކިތަންމެ ވަރަކަށް އެއްޗެހިކިޔަސް މަޑުން ހުންނަނީ، އެކަމަކު ބުނާހާ ހުރިހާ ކަމެއް ކޮށްދެން އެއްވެސް ބަރު ހިތަކާނުލާ. ޢަދިވެސް މި އުއްމީދު ކުރަނީ ދިރިއުޅުން ރަނގަޅުވާނެ ކަމަށް.