ނިއުޔޯކްގައި ފެންގަނޑެއްގެ ތެރެއިން ދެ އަނގަ ހުރި މަހެއް ބާނައިފިއެވެ.

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ މަހެކެވެ. މި މަސް ބާނާފައިވަނީ ޑެބީ ގެޑްސް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ބުނީ، އެ މަސް ފެނުމުން އޭނާއަށް ފުރަތަމަ ލުބުނީ ބޮޑު ޝޮކެއް ކަމަށެވެ. އަދި ބިރުވެސް ގަތް ކަމަށް އޭނާ ބުންޏެވެ.

މިިދިޔަ ހުކުރު ދުވަހު ލޭކް ޗަމްޕަލައިންއަށް މަސް ބާނަން އޭނާ ގޮސް ހުއްޓާ އޭނާ ފެންގަނޑަށް ލައިގެން އުޅުނު ކަންވާރަށް ދަމަން ފެށުމުން، މަހެއް ހިފުނީ ކަން އޭނާއަށް އެނގުނެވެ. އަދި މަޑުމަޑުން އެ މަސް ބޭނިއިރު، އެ މަސް ފެނުމާއެކު ހައިރާން ކަމެއް ލިބުނު އޭނާ ބުންޏެވެ. އެއީ އެ މަސް އެހެން މަސްތަކާއި ހިލާފަށް ދެ އަނގަ ހުރުމުން ކަމަށް އޭނާ ބުންޏެވެ.

ކްނޮޓީ ބޯއީސް ފިޝިންގއާއެކު މަސް ބާނަން ދިޔަ ގެޑްސްގެ އެ މަސް ފެނުމުން އޭނާއާއެކު ތިބި މީހުންނަށްވެސް އެ ފެނުމުން ހައިރާން ކަމެއް ލިބުނެވެ. އަދި އެ މަސް ހުރިގޮތުންނާއި،މަހަށް އަނިޔާވެފައި ނެތުމުން، ގެޑްސް ބޭނުންވީ އެ މަސް ދޫކޮށްލާށެވެ.

ގެޑްސް ބުނީ، އެ މަސް މަރާލުމަށްވުރެ ދޫކޮށްލުން މާ ރަނގަޅު ކަމަށާއި، އެ މަސް ވަރަށް ރީތި ކަމަށެވެ.

މަހެއްގައި ދެ އަނގަ ހުރެދާނެ ކަމަށް ކްނޮޓީ ބޯއީސް ފިޝިންގގެ ސްޕޯކްސް ޕާސަން ބުނިއިރު، އޭނާ ބުނީ، އެހެން ވެދާނީ އެ މަހަށް ގެއްލުމެއް ލިބިފައިވުމުގެ ސަބަބުންނާއި، ގެނެޓިކް ޑީފެކްޓްގެ ސަބަބުންވެސް ވެދާނެ ކަމަށެވެ.

އެ ފެންގަނޑަކީ އާއްމުކޮށް ނުފެންނަ ޒާތުގެ މަސް ފެންނަ ފެންގަނޑެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ށސޮނިފޮހެުގެ މަަންމެ

  ތި މަހައް ކިޔަންވީ އަނގަބެ ދިވެހި ނަމެއް ކިޔަން ފެންނަނީ

  7
  1
 2. ލޮލް

  *އެއީ އެމަހުގެ ދޮޅި ކެނޑިފަ އިނީމަ ދެއަނގައަށް ފެންނަނީ!
  *ކޮންމެވެސް ގޮތެއްވެގެން ދޮޅި އެއިނީ ވަކިވެފަ!
  * ނުބުނަން ދެ އަނގަ ވެސްނުއިންނާނެއެކޭ އެކަމް ތިމަހުގަ އެއިނީ އެގޮތަށްދޯ!

 3. ލޮލް

  ދަތް ދޮޅި ކެނޑިފަ އިންމަހެއް ތީ!
  ތޮޔަށްކިޔާނީ ( ދަތްދޮޅި ކެނޑި) ލޮލްލޮް

 4. ސޮނިފުހޭއިސްކިން ޓޯޓޯ

  ﷲގެ ކުޅަދުންވަންތަކަން

  20
  1
 5. ބޭބީ

  އަންހެން މަހެއްތޯ ބަލައްޗޭ. އަނގަ ތަޅާވަރުން ނުކުޅަދާނަވާނެ

 6. މަސް

  ޤާސިމްތީ