އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު އުއްމީދުކޮށްގެން ހުރީ މަޝްހޫރު ކިމް ކާޑޭޝިއަން ގޮތަށް ރީތި ހަށިގަނޑެއް އޭނާއަށް ލިބޭނެ ކަަމަށެވެ. އަދި ކިމްގެ މޫނާއި ވައްތަރުވާންވެސް ބޭނުންވިއެވެ. އެކަމަށް އޭނާ ހަދަން ނިންމީ ސާޖަރީއެކެވެ.

ނަމަވެސް އޭނާގެ އެ ސާޖަރީ ކާމިޔާބެއް ނުވިއެވެ. އެ އަންހެން މީހާ ކިމް އާއި ވައްތަރުވާންވެގެން ސާޖަރީއެއް ހެދިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ މަރާއި ހަނގުރާމަ ކުރަން ފަށާފައެވެ.

ޖޭޑް ނަމަކަށް ކިޔާ އެ އަންހެން މީހާ އެ އޮޕަރޭޝަން ކުރުމަށް ގޮސްފައި ވަނީ ތުރުކީއަށެވެ. ހަތަރު ދުވަހުގެ ދަތުރަކަށް ތުރުކީއަށް ދިޔަ ޖޭޑްގެ އަތުން ތިން ލައްކަ ރުޕީސް ހަރަދުވިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެއީ ވަރަށް ވޭން ހުރި އޮަޕަރޭޝަނެކެވެ. އެ އޮަޕަރޭޝަނަށްފަހު މަދުވެގެން ހޮސްޕިޓަލްގައި ހަތް ދުވަސް ހޭދަ ކުރަން ވާނެއެވެ. އެހެން ނަމަވެސް ޖޭޑް އެ ހޮސްޕިޓަލްގައި މަޑުކޮށްފައި ވަނީ ދެ ދުވަހުއެވެ. ޑޮކްޓަރުންގެ ވާހަކަތައް ގަބޫލުނުކޮށް އޭނާ އިނގިރޭސިވިލާތަށް ދިޔަ މަގުމަތީ ވަނީ ސިއްހީ މައްސަލަތަކާއި ކުރިމަތިވެފައެވެ. އެގޮތުން އޭނާގެ ހިތް ވަރަށް ބާރަށް ތެޅުން ފަދަ ކަންތައްތައް ދިމާވިއެވެ.

އޭނާގެ އޮޕަރޭޝަންގެ ތެރެއިން ހިތް ހުއްޓުނު ކަމަށް ވެސް ވެއެވެ. އެހެން ނަމަވެސް އެކަން ޑޮކްޓަރުން އަންގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު