އަވޮކާޑޯ އަކީ ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭ މޭވާ އެކެވެ. އާއްމުކޮށް އަހަރެމެންނަށް ފެންނަ އަވޮކާޑޯތައް ހުންނަނީ ވަރަށް ކުޑަކޮށް ނަމަވެސް، މިހާރަކަށް އައިސް ދިގު މިނުގައި ފޫޓެއް ހުންނަ އަވޮކާޑޯތައް މި އަންނަނީ އާއްމު ވަމުންނެވެ.

"ސުޕާ ފުޑް" އެއްގެ ގޮތުގައި ބަލަމުން އަންނަ އަވޮކާޑޯ އަކީ މިހާރު ރާއްޖޭގެ ގިނަ ޒުވާނުން ތަކެއްގެ މެދުގައިވެސް މަގުބޫލު ވަމުން އަންނަ މޭވާ އެކެވެ. މިގޮތުން މިހާރު ރެސްޓޯރެންޓު ތަކުގައި އެންމެ ބާރަށް ވިކޭ އެއް ޑްރިންކް އަކީ އަވޮކާޑޯ މިލްކްޝޭކް ކަން ފާހަގަކޮށްލެވެއެވެ.

މޯންސްޓާ އަވޮކާޑޯ އެއް

ހަށިގަނޑަށް ފައިދާ ހުރި ފެޓްސް މި މޭވާގެ ސަބަބުން ލިބޭ އިރު، މި މޭވާގެ ސަބަބުން މީހާ ފަލަވެގެން ނުވަތަ ބަރު ވެގެންވެސް އުޅޭކަށް ނުޖެހޭނެއެވެ. މިހާރަކަށް އައިސް މޯންސްޓާ އަވޮކާޑޯ ބާޒާރުގައި އާއްމު ވަމުން އަންނަ އިރު މި ބާވަތު އަވޮކާޑޯ ފޫޓަކާއި 3 ފޫޓާއި ދެމެދުގެ އިސްކޮޅަކަށް ދިގު ވެއެވެ. މިއީ ހަމަ ގައިމުވެސް މި މޭވާ އަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭނެ ރަނގަޅު ހަބަރެކެވެ.

މިވަގުތު މިބާވަތުގެ އަވޮކާޑޯ އެންމެ އާއްމު ވެފައި ވަނީ އެމެރިކާގެ މިއާމީގައެވެ. އެހިސާބު ގަނޑުގައި މީގެ ފޮއްޓެއް 48 ޑޮލަރަށް ވިއްކަމުން އަންނައިރު، އެ މީހުން ދަނީ މި މޭވާތައް ދުނިޔޭގެ އެކި ހިސާބުތަކަށް އެކްސްޕޯޓުވެސް ކުރަމުންނެވެ.

މޯންސްޓާ އަވޮކާޑޯ

މިކަހަލަ އަވޮކާޑޯ އަކަށް ލޯބި ކުރާނޭ މީހެއް އެނގޭނަމަ ޓެގު ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާށިމު

    ރޯދަމަހު މާލޭ މާރުކޭތްގައިވެސް ވިއްކަން ހުރި

  2. ޑާރމެޓޮލޯޖިސްޓް

    ޖޮއާނާ ސީޑިއާ