ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޖިންނީންގެ ހަގީގަތަށް ބަލާއިރު، ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ވެދާނެ ކަމަކެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޝައްކެއްނެއް ގޮތުގައި ދެޖިންސެއް ގުޅިގެން ލިބޭ ދަރި ވާނީ ދެޖިންސުންކުރެ އެއް ޖިންސަކަށެވެ. ނުވަތަ ދެޖިންސުން އެއްވެގެން އައުމަކީވެސް ވެދާނެކަމެކެވެ. މިވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައި ހުރި ވާހަކައެއް ނޫނެވެ.. ނަމަވެސް މިއީ އިލްމުވެރިން ގަބޫލުކުރައްވާ ގޮތެވެ.
ކީރިތި ޤުރްއާނުން އެނގެން އޮތް ޞަރީހަ ބަސްފުޅަކީ އިންސީންނާއި ޖިންނީން ކައިވެނި ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމެވެ.
މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ.
{والله جعل لكم من أنفسكم أزواجاً} النحل: 72.
މާނައަކީ: “އަދި މާތް ﷲ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުނަށްޓަކައި ތިޔަބައިމީހުންގެ ޖޯޑު އުފެއްދެވިއެވެ.”
އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ.
{ فانكحوا ما طاب لكم من النساء} النساء: 3.
މާނައަކީ: “ފަހެ ތިޔަބައިމީހުނަށް ކަމުދާ، ރަނގަޅު އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ.”
އިމާމް އައްސުޔޫޠީ އެބޭފުޅާގެ ‘الأشباه والنظائر’ (ج 1، ص 257) ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި އެވާ ‘النساء’ (އަންހެނުން) ގެ މާނައަކީ އާދަމުގެ ދަރީންކުރެ އަންހެނުންނަށް ޚާއްސަ ނަމެކެވެ.” ހަމައެފަދައިން ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއީ ޙަރާމް ކަމެއް ކަމުގައި ސާބިތުވެއެވެ.
ގުރުއާނާއި ސުންނަތުގަ އެނގެންނެތްކަމެއް ބަޔަކު ގަބޫލުކުރިއޭކިޔާފަ އެކަން ފެކްޓަކަށްވޭތޯ. ކޮބާ ހެއްކެއް. ރާއްޖޭގެ މަޝްހޫރުމީހަކު އެބަހުރިތަ ޖިންނިއެއްގެ ދަރިއެއް؟
އެހުރީނު ވެލްޒިނީ!!؟
ޥެލި ޖިންނި އެއްނު ކިޔަނީ؟ ހީވަނީ ަ
އިންސާނުން ނާއި ޖިންނީނަކީ ދެ ނަސްލެއް އިންސާނުން ނަންނައް އުދަގޫކޮށް އެސޮރުމެން ހަދަނީ ދަރިން ތިބިކަމައްބުނެ ދޮގުހަދަނީ އަވަލުމުގެ ސަބަބުން
އަހަރެންގެ ބޭބެ އަކީ މުސްލިމް ޖނނ އެއް ވަރަށް ހެލްޕް ވެސް ވާނެ އަހަންނަށް.
ވެލި ޖިންނި ހެން ހީވަނީ ކިޔަނީ
ޖިންނިއަކާ ނީދެވެނީސް މިލިޔުން ކިޔާލެވުނުކަ ން ހަމަ ނަސީބެއް