އަހަރެމެން އެންމެންނަކީ ވެސް ރެސްޓޯރަންޓުތަކަށް ގޮސް އުޅޭ މީހުންނެވެ. ގިނަ ފަހަރަށް މިފަދަ ތަންތަނަށް ނުދެވެނީ ފައިސާ ރައްކާ ކުރުމުގެ ގޮތުންެނެވެ. ދުވަހަކުވެސް ނުދަންނަ މީހެއް ތިމާގެ ބިލެއް ކަނޑައި ދިނ ހެއްޔެވެ؟ ނުވަތަ ތިމާ ނުދަންނަ މީހެއްގެ ބިލް ކަނޑައި ދިނިން ހެއްޔެވެ؟

‎މިފަދަ ކަމެއް މިވަނީ އިނގިރޭސި ވިލާގުގެ މެންކުނިއަން ޝައުނާ ކިޔާ އަންހެނަކަށް ވެފައެވެ. އޭނާ ރައްޓެހިން ތަކަކާއި އެކު 21ވަނަ އުފަން ދުވަސް ފާހަގަ ކުރަން ދިޔަައީ އިޓާލިއަން ރެސްޓޯރެންޓަކަށެވެ. ރަނގަޅަށް ކާލުމަށް ފަހު ބިލް ގެންނަން ބުނުމުން ވެއިޓަރުން ބުނީ ޖެހިގެން އިން މޭޒުަގައި އިން ފިރިހެނަކު ބިލް ދެއްކި ކަމަށެވެ. މިހާރު ޝައުނާ ވަނީ އެމީހެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

‎142 ޕައުންޑު ނުވަތަ 2072 ރުފިޔާގެ ބޮޑު ބިލެއް ކެނޑުމަށް ފަހު ދާނީ ހާދަހާވެސް ރަނގަޅު މީހެކެވެ.ޝައުނާ ގަބޫލު ކުރާ ގޮތުގައި އެއީ ފުޓްބޯޅަ ކުޅުންތެރިއެކެެ. އެ މީހަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކާކުތޯ ހޯދަން ޝައުނާ މީޑިއާގެ އެހީއަށް މިވަނީ އެދިފައެވެ. ފަހަރުގައި އެއީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެއްސަކަށްވެސް ވެދާނެތާއެވެ. މިކަން ކުރި މީހެއް އެނގޭނަމަ އަވަހަށް ޝައުނާ އަށް އެކަން އަންގައިދިނުން އެއީ ޝައުނާގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އ. ޖ. އ

    ތިހާ ދީލަތި މީހެއް ހުރީ ރައީސް ޔާމީން

    98
    46
    • އ. ޖ. އ

      އަވަހޭ ޖަހާލިލެއް..

      60
      15
  2. ޕސޓ

    ދިވެހިރާއްޖޭގެ ކާކު ؟
    އެވަރު މީހުން އުޅޭނަމަ ހިލޭ ކޮފީ ބޮވޭނެ ދޯ

    64
    8
  3. އަޓޯ

    އަދި މަ މިހުރީ ބިލު ދައްކާފަ ނޫން ކަމަށް ހެދިގެން

    78
    1
  4. ވަހީދު

    ސާހިދު ރާއްޖޭގައި ހުރިތޯ އިހަށް ބަލަންވީ. ޚާރިޖީ ކަމެއްގައި ތިސަރަހައްދުގައި އުޅެންޏާ އޭނަ ވެސް ތިބިލް ދައްކަފާނެ.

    54
    3
  5. ރެފްރީ

    ބިލުދައްކާފަ ނިކުމެގެންދަމުންވެސް އެވެއިޓަރުކައިރީގަ މަބުނީމޭ އަހަރެންގެވާހަކަބުނާށޭ އަދި ފޯނުނަންބަރުވެސް އެސޮރުއަތަށްދިނީމޭ .. ޔަގީނޭ އެސޮރުއޮޅުވާލީކަމަށްތިވާނީ .. ކިހާދެރަ ..

    29
    3
  6. ކަހަނބު ވިތްޓޯ ޓޯ

    ބަލަގަ އެމަންޖެ ހާދަ ފަރިއޭ ރީނދޫ ކުދިންކުރެން އަހާބަ ދެންކިންތޯ

    17
    5
  7. އަފީ

    އެބިލް ޕޭ ކުރީ އަހަރެން! އަދި އެމަންޖެކައިރީ ނުބުނުމަށްވެސް ވެއިޓަރ ކައިރީ ބުނެފަ ވާނި! އެހެންނުނީ އެ މަންޖެ ހީކޮށްފަނެ އަހަރެން މީ މަހުޖަނެއް ކަމަށް! ފަހަތުން ނުނެއްޓިޖެ ނަމަ އަހަރެން ވައިފް ހުންނަނީ އަރާ ސީލިންގ ގައި!

    21
    3
  8. ގާސިމް

    ގާސިމް ކަމަށް ތި ވާނީ

    22
    3
  9. ޒަަވިޔަނި

    ތިބިލް ދެއްކީ ޖާބެ މަގޭކާރީ ބުނި ނުބުނައްޖޭ މިވާަހަކަ އެމަންޖެކާރީ

    12
    2
  10. މުޙައްމަދު ނަށީދު

    ތިހާ ދީލަތި ބޭފުޅަކަށް މި ޤައުމުގައި ހުންނަވާނީ މަޖިލިސް ރައިސް..

    10
    13
  11. ނޫރު

    ތިބިލުކެޑީީމަަށޭ

    9
    4
  12. އޭނަމި

    ޢަހަރެންނަށް ހަނދާން ނެތިގެން ޗަކޮއެ ބިލް ކެންޑުނީ..

    12
    1
  13. ހުސޭނު

    އެމަންޖެއަށް ދަރާފަ އޮތްމީހަކުތާ ތިޔަބިލް ދައްކާނީ.. ވެދާނު އެކްނަ ނިންމާލާފ ފިލައިގެން އުޅެނިކޮން އެމަންޖެ ފެނުނީމަ ހަނދާންވީވަރުން ބިލް ދެއްކިކަމަށް.

    7
    1
  14. މޮޔަ ހީވެފަ

    މިހާރު އެމީހަކު ހުންނާނީ ތިބިލް ދެއްކުނު މޮޔަހީވެފަ އެވެ. ތި އަންހެނާ އޭނަ ހޯދަން ތިއުޅެނީ އިތުރު ފައިދާ ނަގަންށެވެ. ނޫންނަމަ ސޯޝަލް މީޑިއާ ގައި އެމީހާއަށް ޝުކުރު އަދާކޮށްލުމުން ފުދުނީ އެވެ.

    11
    1
  15. ޣައްޔޫމް

    ޝައުނާ ގެ އެދުން ފުރިހަމަކޮށްދީބަލަ..މަށަކަށް ނެއްވާކަށް

    5
    1