މިސްޓާ ބީން އޭ ބުނުމުން އެއީ ކާކުކަން ކުޑަކުދިންނަށްވެސް އެނގޭ އިރު، އެންމެ ދޮށީ އުމުރުގެ މީހުންނަށްވެސް އެއީ ކާކުކަން އެނގެއެވެ. މީގެ އަހަރުތަކެއް ކުރިން އަހަރެމެންގެ ޓީވީ ތަކުން ގަވާއިދުން ފެންނަމުން ދިޔަ މިސްޓާ ބީންގެ އަޑު މިހާރު ވަރަށް ނީވެއެވެ.

މިސްޓާ ބީން ނުވަތަ ރޯވަން އަޓްކިންސަން އަކީ ދުނިޔެ އަށް މަޝްހޫރު ކޮމެޑީ އެކްޓަރެކެވެ. ނަމަވެސް އޭނާ މުސްކުޅިވަމުން ދާކަން ފާހަގަވީ ކިތައް މީހުންނަށް ހެއްޔެވެ؟ އެލެކްޓްރިކަލް އިންޖިނަރިންގެ ރޮނގުން މާސްޓާސް ޑިގްރީ ހެދުމަށް ފަހުގައި އޭނާ ގަސްތުކުރީ އެކްޓިންގެ ރޮނގުން ކުރިއަށް ދާށެވެ. ތިއޭޓާ ތަކުގައި ޕާފޯމް ކުރަން ރޯވަން ވަނީ ފަހުން ޓީވީ ޝޯތަކުން ޖާގަ ހޯދައި ފިލްމްތައްވެސް ކުޅެފައެވެ. ނަމަވެސް، މުޅި ދުނިޔެއަށް އޭނާ މަޝްހޫރު ވީ ރޯވަން އިސްވެ ހުރެ ހެދި ޓީވީ ޝޯ، މިސްޓާ ބީންގެ މަޖާ ކަމުންނެވެ.

މިސްޓާ ބީން ބައިސްކަލެއް ދުއްވަނީ

މިހާރު އުމުރުން 64 އަހަރުވެފައިވާ ރޯވަން އަދިވެސް ޖޮނީ އިންގްލިޝް ފަދަ ފިލްމްތަކުން އަހަރެމެން ހެއްވާލަމުން ގެންދިޔަ ނަމަވެސް، "މިސްޓާ ބީން" ޝޯ މަތިން އެދިވެސް އެތައް ބަޔަކު ހަނދާން ހުންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ރޯވަންގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބުނު ނަމަވެސް، މިހާރު އެ ކައިވެނި ވަނީ ރޫޅިފައެވެ. ނަމަވެސް، ރޯވަން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓްރެސް ލުއިސް ފޯޑް އާއި އެކުވެސް އޭނާ އަށް ދަރިއަކު ވަނީ ލިބިފައެވެ. މިސްޓާ ބީން މުސްކުޅި ވަމުން އައި ނަމަވެސް، އެތައް ފަހަރެއްގެ މަތިން އަހަރެމެން ހެއްވާލައިފާ މީހާގެ މަތިން އަބަދުވެސް ހަނދާން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީން

    މިވެސް ޚަބަރެއްތަ؟

    17
    16
  2. ބާބޫ

    ޚަބަރަކީ ހަމައެކަނި ސިޔާސީ މަޢުލޫމާތު ސާއިޢުކުރުމެއްނޫން

    26