ފޯބްސް އިން ހޮވާ އެންމެ ބޮޑު މުސާރަ އެއް ލިބޭ އެކްޓަރުންގެ ލިސްޓުގެ އެންމެ ކުރިއަށް ޑްވޭން ޖޯންސަން، ރޮކް ޖެހިލައިފިއެވެ.

މިދިޔަ އަހަރު ފޯބްސް އިން ނެރުނު ލިސްޓުގެ ދެވަނާގައި ރޮކް އޮތް ނަމަވެސް، 1 ޖޫން 2018 އިން މިއަހަރުގެ ޖޫން 1ގެ ނިޔަލަށް ދުނިޔޭގެ ހުރިހާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު މުސާރަ އަކާއި އެކު އެއްވަނަ ރޮކް އަށް ލިބުނީ ޖުމްލަ 89.4 މިލިއަން ރުފިޔާ ހޯދައިގެންނެވެ.

ބޮލީވުޑްގެ އެންމެ ބޮޑު މުސާރަ ލިބޭ އަކްޝޭ ކުމާރު

ރޮކް އަށް ކޮމެޑީ ޓީވީ ސީރީސް، ބޯލާސް އިން ކޮންމެ އެޕިސޯޑަކަށް 700،000 އެމެރިކާ ޑޮލަރު ލިބޭއިރު، އެ ސީރީސް މިހާރު ވަނީ 5ވަނަ ސީޒަނެއް މިއަދު ފަށާފައެވެ. މީގެ އިތުރުންވެސް ޖުމާންޖީ ފަދަ ފިލްމްތަކުން އެއްފަހަރާ އެތައް މިލިއަން ޑޮލަރެއް ރޮކް އަށް ލިބޭ އިރު، އޭނާގެ އާމްދަނީ އަންނަނީ މެދުކެނޑުމެއް ނެތި އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ލިސްޓުގެ ދެވަނާގައި 76.4 މިލިއަން ޑޮލަރާއި އެކު ކްރިސް ހެމްސްވޯތް އޮތްއިރު، 3 ވަނާގައި އޮތީ ރޮބާޓް ޑައުނީ ޖޫނިއާ ނުވަތަ އަޔަން މޭން އެވެ. އޭނާ ވަނީ 66 މިލިއަން ޑޮލަރު ހޯދާފައެވެ. މި ލިސްޓުގައި ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ކުރީގައި އޮތީ އަކްޝޭ ކުމާރެވެ. އޭނާ ވަނީ 65 މިލިއަން ޑޮލަރު ހޯދާފައެވެ. މި ލިސްޓުގެ ގަދަ 10ގައި ހިމެނުނު ހަމައެކަނި ބޮލީވުޑްގެ އެކްޓަރަކީވެސް އަކްޝޭ އެވެ.

ރޮޮކް އޭނާގެ އަންހެނުންނާއި އެކު

ދާދި ފަހުން ހަވާއީގައި ކައިވެނި ކުރި ރޮކް އަށް ފޯބްސް ލިސްޓުގެ އެއްވަނަ ލިބުމުން ގިނަ ބަޔަކު އަންނަނީ މި ދެކަންތައް ރޮކް އަށް މަރުހަބާ ކިޔަމުންނެވެ.