އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ހުރި އެސްޓްރޮނޯޓަކު، މީހެއްގެ ބެންކް އެކައުންޓް ހެކް ކުރި މައްސަލަ ނާސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފިއެވެ.

ނާސާއިން ތުހުމަތު ކުރާ ގޮތުގައި އޭން މެކްކްލެއިން ނަމަކަށް ކިޔުނު އަންހެން އެސްޓްރޮނޯޓެއްގެ ވަނީ އޭނާގެ ކުރީގެ ފިރި މީހާގެ އެކައުންޓް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން ހުރެގެން ހެކް ކޮށްފައެވެ.

ނާސާއިން އޭނާގެ މައްޗަށް މި ތުހުމަތުކުރީ މިހާރުވެސް އޭނާއަށް ނިސްބަތްވާ ވަރީގެ މައްސަލައެއްގެ ޝަރީއަތުގެ ތެރެއިންނެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެ އަންހެނަކު އެކަނި ސްޕޭސްވޯކަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

މި މައްސަލަ ފެންމަތި ވުމުން ނަމަވެސް ނާސާއިން ވަނީ އޭނަގެ ސައިޒުގައި ސްޕޭސް ސޫޓު ނެތްކަމަށް ބުނެ މެކްކްލެއިންގެ ބަދަލުގައި ފިރިހެން އެސްޓްރޮނޯޓަކު ފޮނުވާފައެވެ.

މެކްކްލެއިން ގެ ކުރީގެ ފިރިމީ ސަމަރ ވޯރޑެންއަށް ކޯޓުގައި މި މައްސަލަ ފެންމަތި ކުރުމުގެ އިތުރަށް ވޯރޑެން ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަނަށް ޝަކުވާއެއް ވެސް ހުށައަޅާފައެވެ.

އޭނާ އަށް މިކަމާއި މެދު ޝައްކު އުފެދުނީ، އޭނާގެ ހުއްދަ އާއި ނުލާ ނާސާގެ ކޮމްޕިއުޓަރ ނެޓްވޯކަކުން އޭނާގެ އެކައުންޓަށް އެކްސެސްވެފައިވާ ކަން ހާންމަ ވުމުންނެވެ.

ނާސާގެ އިންސްޕެކްޓަރ ޖެނެރަލްގެ އިންޓަރނެލް އޮފީހަށް އަދި އޭނާގެ އާއިލާގެ މެމްބަރަކު ވަނީ ވެސް މި މައްސަލަ ހުށައަޅާފައެވެ.

ވޯރޑެން ވަނީ މެކްކްލެއިން އޭނާގެ އެކައުންޓަށް ވަނީ އައިއެސްއެސްގައި ހުރި ދުވަސްވަރެއްގައި ކަމަށް ނިންމާފައެވެ. ވޯރޑެން އަކީ ކުރީގެ އެއަރ ފޯރސް އިންޓެލިޖެންސް އޮފިސަރެކެވެ.

މިކަމަށް ރައްދު ދެމުން މެކްކްލެއިންގެ ވަކިލު ބުނީ، މެކްކްލެއިން މަސައްކަތް ކުރީ ދެމީހުންގެ ގުޅިފައިވާ އެކައުންޓު އެކްސެސްވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިޔާސަ123

    ޖައްވަށް ދިޔަކަމަކަށްނުވި ނިމުނުއިރު ނުފުނުވަން ނިއްމިކަމަށް ވީ ކިހިނެއް އެވީ

    9
    2