އިންޑިއާގެބެންގަލް ރޭލެގައި ލަވަކިޔަން ހުއްޓާ މީސް މީޑިއާގައި އޭނަ ލަވަކިޔާ މަންޒަރު އާންމުވި ރީތި އަޑެއް ލިބިފައިވާ ރާނޫ މަންޑޯލް އަށް އިތުރު ފުތުސަތު ތަކެއް ލަވައިގެ ދުނިޔެއިން ފަހި ވެއްޖެއެވެ.

އިންޑިއާގެ ކޮލްކަޓާއަށް އުފަން މޮންޑަލްގެ މީސް މީޑިއާގައި ވައިރަލްވި ވީޑިއޯއާއި އެކު ރަނޫއަށް ވަނީ ތަފާތު ގިނަ ރިއަލިޓީ ޝޯ ތަކާ ލަވަކިޔުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.

ރާނޫގެ ލަވަ ކިޔުމުގެ ހުނަރާއެކު ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، އަދިޑިރެކްޓަރ ހިމޭޝް ރާޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު "ހެޕީ ހާރޑީ އެންޑް ހީރް" ގެ ލަވައެއް ކިޔުމުގެ ފުރުސަތު ރަނޫ އަށް ދީފައެވެ.

ރާނޫ އަށް ވަނީ އިންޑިއާގެ "ސުޕާސްޓާ ސިންގަރ" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފައެވެ. ރާނޫ މީސް މީޑިއާގައި މަޝްހޫރުވީ ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ "އޭކް ޕްޔާރްކާ ނަގްމާ ހޭ" މި ލަވަ ކިއައިގެންނެވެ.

ފުރަތަމަ އާންމުވި މި ވީޑިއޯ މީސް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް ބަލާފައިވެއެވެ. މި ވީޑިޔޯ ލަވަ ދެދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ. 59.7 ހާސް މީހުން ވަނީ މި ލަވަ ޝެއާ ކޮށްފައެވެ.

ރަނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހަދައެވެ. ރާނޫ އާއި އެކު މިއުޒިކް އަލްބަމް ތަށް ހެދުމަތް އެތަށް ކުންފުނިތަކަކުން އޭނާ އަށް ހުށައެޅުތަށް ލިބެމުންދާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.