އިންޑިއާގައި އުމުރުން ދުވަސްވީ ދެ މީހެއްގެ ކުއްލި މަރުވެގެން ދިޔައީ ގިނަ ބަޔަކަށް ޝޮކެއް ޖެހުނު ކަމަކަށެވެ. އުމުރުން 70 އަހަރުގެ ކްރިޝަނަމުރްތީ އާއި އޭނާގެ 68 އަހަރުގެ އަނބިމީހާ ސްރަރްނާގެ ކުއްލި މަރަކީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއް ކަން މި ވަނީ އެނގިގެން ގޮސްފައެވެ.

ބެންގަލޫރްގައި މިިދިޔަ ހުކުރު ދުވަހު މި ދެމަފިރިން އަމިއްލައަށް މަރުވިއިރު، ދެ މަފިރިން މަރުވީ އެ މީހުންގެ ފިރިހެން ދަރިފުޅާއި، ޅީދަރިފުޅުގެ ސަބަބުން ކަމަށް ފާރުގައި ތަތްކޮށްފައިވާ މަރުވި ސަބަބު ބަޔާންކޮށްފައިވާ ނޯޓުގައި ވެއެވެ.

އެ މީހުން ބުނީ، ދަރިފުޅާއި، އޭނާގެ އަނބިމީހާ އެ މީހުންނާއި ދިމާލަށް ވަރަށް އެއްޗެހި ކިޔާ ކަމަށެވެ. އަދި އެ މީހުންގެ މަރުގެ ޒިންމާ އެ މީހުން ނަގަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. ސްރަރްނާ މަރުވީ ޒަހަރް ބޮއެގެންނެވެ. ކްރިޝަނަމުރްތީ މަރުވީ ޒަހަރް ބުއިމަށްފަހު ދަން ޖެހިގެންނެވެ.

މިކަން ހިނގި ކަން އެނގިފައި ވަނީ، ހުކުރު ދުވަހުގެ ރޭ ދަރިފުޅާއި އަނބިމީހާ މަސައްކަތް ނިންމާފައި އައިރު، ގޭގެ ދޮރު ތަޅުލާފައި ހުރުމުން ކުޑަދޮރުން ގޭތެރެ ބެލުމުންނެވެ.

ފުލުހުން ބުނީ، މިކަން ހިނގުމުގެ ކުރިން، އުމުރުން ދުވަސްވީ މި ދެމަފިރިންގެ ދަރިފުޅު އެ މީހުން ދޫކޮށްފައި ހިނގައިދޭނެތީ ޒުވާބެއް ކުރި ކަމަށެވެ. އަދި މިކަން ހިނގާފައި ވަނީ އެކަމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ދަނީ މިކަން އިތުރަށް ބަަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު