ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލައިލިޔަސް ހިތާމަ އާއި އެކު ފެންނަ މަންޒަރަކީ މީހުން މަސްތުވާތަކެތި ބޭނުންކުރާ ތަނެވެ. ނަމަވެސް، ވަރަށް ނަސީބު ގަދަ މީހަކު މިވަނީ ދޫންޏެއްގެ ސަބަބުން ޖަލު ހުކުމަކުން ސަލާމަތް ވެފައެވެ.

ސްވިޑެންގައި ކުލަ ހެދުމުގައި ތިބި ދެ ފުލުހަކު ވަނީ އެ ގައުމުގައި އޮތް ފެސްޓިވަލަކަށް ޒިޔާރަތް ކޮށްފައެވެ. އަދި އެތަނުގައި ހުރި އަންހެނަކު މަރުވާނާ ބިޑި އެއް ރޯކޮށްގެން ހުރިކަން އެނގުމުން ފުލުހުން ވަނީ އެ އަންހެން މީހާ އާއި ސުވާލު ކުރަން ފަށާފައެވެ. މި މަންޒަރު ވަނީ އެ މަސްތުވާތަކެތި އަންހެން މީހާ އަށް ވިއްކި ޑީލަރަށް ފެނިފައެވެ. އަދި އެއާއި އެކު ނުތަނަވަސް ކަމެއްގެ ތެރޭގައި އެ ފިރިހެން މީހާ އަތުގައި އޮތް ވީޑް ޕެކެޓު އޭނާ ބިން މައްޗައް އެއްލާލިއެވެ.

ސީގަލް އެއް ސިނގިރޭޓް ބަޓް ބުރި އެއް ތުނބަށް ލައިގެން

މި މަންޒަރުވެސް ވަނީ އެ ދެ ފުލުހުންނަށް ފެނިފައެވެ. އެއާއި އެކު އަންހެން މީހާ ދޫކޮށްލައި އެމީހުންގެ ސަމާލުކަން ޑީލަރާއި ދިމާލަށް އަނބުރައިލި އިރު އޭނާ ހުރީ ބިރުން ތުރުތުރު އަޅައި ކަމަށް އެ ފުލުހުން ބުނެއެވެ. ނަމަވެސް، އެ ޑީލަރުގެ ނަސީބު ހަމަ ގަދައީ އެވެ. އެތަނުން ފުލުހެއް އޭނާ އެއްލައިލި ޕެކެޓު ނަގަން ތިރިވި ގަޑީގައި ސީގަލް އެއް ވަނީ އެ ޕެކެޓު ޖަހައިގަނެގެން ގޮސްފައެވެ. އެ ފެސްޓިވަލް އޮތީ މޫދާއި ކައިރީގައި ކަމުން ގިނަ އަދަދެއްގެ ސީގަލް އެ ސަރަހައްދުގައި އުޅުނެވެ.

ފުލުހުން ބުނި ގޮތުގައި އެ ޕެކެޓުގައި 10 ވަރަކަށް ގްރާމުގެ މަރުވާނާ ނުވަތަ ވީޑް ހުންނާނެކަމަށް ލަފާ ކުރެވޭ ކަމަށާއި، ސީގަލް އެ ޕެކެޓު ޖަހައިގަތުމާއި އެކު އެ މީހާވެސް ދުވެ ފިލާފައި ވާކަމަށެވެ. މިއާއި އެކު ފުލުހުން އެ މީހާ ފަހަތުން ހައްޔަރު ކުރާކަށްވެސް ނޫޅެއެވެ. އެއީ އެ މީހުންގެ ހެކި ދޫންޏެއް އައިސް ޖަހައިގަތުމުންނެވެ.

މަރުވާނާ/ވީޑް

ނަމަވެސް، ބިޑި ރޯކޮށްގެން ހުރި އަންހެން މީހާ ވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އެ ޑީލަރު ހައްޔަރު ކުރިނަމަ އޭނާ އަށް ބޮޑު ޖޫރިމަނާ އެއްގެ އިތުރުން، ދިގު މުއްދަތެއްގެ ޖަލު ހުކުމެއްވެސް އަންނާނެއެވެ. ފަހަރުގައި މިއީ އޭނާ ރަނގަޅު ވުމަށް ލިބުނު ފުރުސަތެއް ކަމުގައިވެސް ވެދާނެއެވެ.