އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ ކައިރީގައި ހުންނަ އެޤައުމުގެ އަސްކަރިއްޔާގެ މެރިން ކޯގެ ބޭސް އަކަށް ފޮނުވި ގޮތް ނޭނގޭ ސިޓީއަކަށްފަހު ނުވަ ސިފައިންގެ މީހަކާއި އިތުރު ދެ މީހަކަށް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މި ސިޓީ އެޑްރެސްކޮށްފައި ވަނީ މުޅި ބޭސް އަށެވެ. އަދި، ސިޓީގައި ވަކި މީހެއްގެ ނަން ބަޔާންކޮށްފައެއް ވެސް ނުވެއެވެ. އެތަނުގައި މަސައްކަތް ކުރާ ސާޖަންޓަކު ސިޓީ ހުޅުވިއިރު، ސިޓީ ފެނުނު އަދި ސިޓީ ކެނޑި ވަގުތު ކައިރީގައި ތިބި އެންމެނަށްވަނީ އޭގެ އަސަރުކޮށްފައެވެ.

އެމެރިކާގެ "އެންބީސީ" އިން ބުނެފައިވާ ގޮތުގައި ކުރިމަތިވި ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ނޭފަތުން ލޭ އައުމާއި އަތް ހިރުވާ ކެހުން ހިމެނެއެވެ. އަދި، މިކަންތައްތައް އިތުރަށް ގޯސް، މުޅި އިމާރާތް ދޫކޮށް ރައްކާތެރި ތަނަކަށް ބަދަލުވާންވެސް ޖެހުނެވެ.

މިކަމާ ގުޅިގެން ޔޫއެސް މެރިންގެ މެރިން ކޯ އިން ބުނެފައިވަނީ މިކަން އެފްބީއައި އާއި އެންސީއައިއެސް އިން ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި މިމައްސަލަ ކުރިމަތިވީ ސިޓީ އުރައަށް އަޅާފައި ހުރި ބާރުގަދަ ވިހައެއްގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސް ކަމުގައި ބަރަކް އޮބާމާ ހުރިއިރު ވިހަ ލާފައިވާ ދެ ސިޓީއެއް އޮބާމާ އަށް ފޮނުވިއެވެ. ނަމަވެސް އެއިން އެއްވެސް ސިޓީއެއް އޮބާމާގެ އަތްޕުޅަށް އެރުމުގެ ކުރިން ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠ

    އެންތްރެކްސް ؟؟

  2. ޙައްހާ!!

    މަޖާވާނެ ތިއީ ސިހުރުގެ ކަމެއް ވެއްޖެއްޔާ? !! ޢެެއްޗެއް އެބަފެނެޔޯ ބުނީމަގޮސް ވައްދާނީ އޯޓިޒަމް ސެންޓަރަކަށް ، އެހެންތާވާނީ ސިހުރާއި ޖިންނި ގަބޫލުކުރާބައެއް ނޫންވެއްޖެއްޔާ ތިއީ ..