އުފަންވިއިރު ހަ ފައި ހުރި "ހެނިރިއެއްޓާ" ނަމަކަށް ކިޔާ މި ބުޅަލަކީ އެހެން ބުޅާތަކާއި ބަލާބެލުމަށް މާބޮޑު ތަފާތެއް ހުރި ބުޅަލެއް ނޫނެވެ.

މި ބުޅަގެ އިތުރު ދެފައި ފަޅާފައިވަނީ އެސޮރުގެ ފަހަތު ދެފައިގެ އެތެރެފަރާތަށް ވާގޮތަށެވެ.

ޖަނަވާރު ބަލަހައްޓައިދޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ފްރެންޑްސް އިން ހާމަކުރި ގޮތުގައި
މި ބުޅާ އުފަންވިއިރު ހުރީ ޓްވިސްޓެޑް ލެގް ސިންޑްރޯމް ނުވަތަ ފައި އެނބުރިފައި ހުރުމުގެ މައްސަލަ ކުރިމަތިވެފައި ކަމަށެވެ.

މި ބުޅަލުގެ ދެފައިގެ ސަބަބުން ހެންރިއެއްޓާގެ ބޮޑުވުމަށް އަސަރުތަކެއް ކުރިމަތިވަމުން އަނިނާތީ ފީލައިން ފްރެންޑްސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ދެފައި ވަކިކޮށްލުމަށެވެ.

މި އެޖަމިއްޔާއިން އަންނަނީ މި ބުޅާގެ އޮޕަރޭޝަނަށް ބޭނުންވާނެ ފައިސާ އެއްކުރުމަށް މަސައްކަތްކުރަމުންނެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތެއް ކަމަށްވާ ޕެޓް ޑްރައިޑަން ބުނި ގޮތުގައި އުފަންވި އިރު ވެސް ޓްވިސްޓެޑް ލެގް ސިންޑްރޯމް ޖެހިފައި ހުރުމުން އެންމެ ފުރަތަމަ ދުވަހުއްސުރެ އެސޮރު ގެންގުޅެންޖެހުނީ އަތް މަތީގައެވެ.

"މި ބުޅާ މީހުންނާ ވަރަށް ގަޔާވާނެ ކުޅިވަރު ކުޅުމަށް ވެސް ގަޔާވާނެ. ނުލާހިކު ރީތި ޅަ ބުޅަލެއް ފަހަތުގައި އިތުރު ދެ ފައެއް ފަޅާފައި ހުރުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ނެތް" އޭނާ ބުންޏެވެ.

އޮޕަރޭޝަނަށް ފަހު ހެންރިއެއްޓާގެ ހާލު ރަނގަޅުވުމުން އެސޮރު އެޑޮޕްޓްކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ ޖައްމިއްޔާއިން ދަނީ މި ބުޅަލުގެ ހާލު ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު