އިންޑިއާގެ ބިހާރު ސްޓޭޓުގައި ލޯބި ވުމަކީ ކުށެއް ކަމަށް ބަލައި އަދަބެއްގެ ގޮތުން މީހަކު މަރާލުމަށް ފަހު ކުދިކޮށް ކޮށާލައިފިއެވެ.

އިންޑިއާގެ ބެންގާވަލީ އަވަށުގައި މި ހާދިސާ ހިންގަން މެދުވެރިވީ އަބީޝެކް ކުމާރު ނަމަކަށް ކިޔާ ކޯޗެއް ބެންގާވަލީ ގައި ކޯޗިން ކްލާސް ތަކެއް ނަގަމުން ދަނިކޮށް ދިމާވި ޒުވާން އަންހެނަކާއި ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަބީޝެކް ދިޔައީ މި އަންހެން މީހާގެ އިންޓަވަލް ގަޑިތަކުގައި ދިމާ ކުރަމުންނެވެ. ދެ މީހުންގެ ބައްދަލުވުތަށް ގިނަވެ މި ކަން އަންހެން މީހާގެ އާއިލާ އަށް އެންގި އޭނާގެ އާއިލާއިން މި ކަމާ ރުޅިގަދަވެ އަންހެން މީހާގެ ކައިވެނި އެހެން މީހަކާއި ވަނީ ކުޑަ ދުވަސް ކޮޅެއް ފަހުން ކުރުވާފައެވެ.

ބެންގާވަލީ އަވަށުގެ ފުލުހުން ބުނިގޮތުގައި އަންހެން މީހާ ކައިވެނި ކުރުމުން ވެސް އަބީޝެކް ދިޔައީ ސިރުން އޭނާ އާއި ކޮންމެ ދުވަހު ބައްދަލު ކުރަމުން ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި އަބިޝެކް ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހަށް ވަނީ މައްސަލަ އެއް ހުށައަޅާފައެވެ.

މައްސަލަ ހުށައަޅާފައި ވަނިކޮށް ބެންގާވަލީގެ ހަނޑޫ ދަނޑަކުން މަރުވެފައި އޮތް މީހަކުގެ ހަށިގަނޑު ފެނުމުން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ގޮސް ބެލިބެލުމުން އެއީ ގެއްލުނު އަބީޝެކް ކަން އެގުނެވެ.

ފުލުހުން ބުނީ އަބީޝެކް އޮތީ މަރާލުމަށް ފަހު ތޫނު ހަތިޔާރަކުން ފޮތި ފޮތި ކޮށްލާފައެވެ.

މި ހާދިސާ އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު އަބީޝެކްގެ މަންމަ ބައެއް މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅު ލޯބިވި އަންހެން މީހާގެ އާއިލާއިން އަބީޝެކް މަރާލީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮން

    ވަރަށްދެރަ!

    10