ފިރިހެނުން އުމުރުން ކިތަށްމެ ދުވަސްވިއަސް މީހާގެ ސިކުޑި ތިހުންނަނީ ކުޑަ ކުއްޖެއްްގެ ވިސްނުން ހުންނަހެން ކަމަށް ކިޔާ އަޑު އަބަދުވެސް އިވެއެވެ.

ސައިންވެރިން ވަނީ މިކަމަށް ދިރާސާއެއް ކޮށްފައެވެ. ސައިންސްވެރިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި މީހާ އޭނާގެ ސިކުޑީގައި ހުންނަ ޅަ ވިސްނުން ނުވަތަ ކުޑަ ކުދިންގެ ވިސްނުން ދޫކޮށް ސިކުނޑި ހަމައަކަށް އެޅެނީ އުމުރުން 40 އަށް އެޅުމުން ކަމަށް ވަނީ އެގިފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންވެރިން ތަކެއް އިސްނަގައިގެން އުމުރުން 4 އަހަރާއި 40 އަހަރުގެ އަންހެން އަދި ފިރިހެނުން ބައިވެރިކޮށްގެން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ފިރިހެނުން އުމުރުން 25 ވާއިރުވެސް އަންހެނުންނަަށް ވުރެން ކުޑަ ކުދިންގެ ވިސްނުން ހުންނަ ކަން މާބޮޑަށް އިތުރެވެ.

ސައިންވެރިން ވަނީ މި ދިރާސާ ކުރަން މި ބައިވެރިންގެ ސިކުނޑީގެ އެމްއާރުއައި އެއް ވެސް ހަދާފައެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި އަންހެނުންގެ ސިކުނޑި ޒުވާން ދައުރުގައި އަވަހަށް ތަރައްގީ ވާން ފަށައެވެ. އޭގެ ބަދަލުގައި ފިރިހެނުންގެ ސިކުނޑީގެ ވިސްނުން ތަރައްގީ ވުމުގައި ލަސްތަކެއް ހުރެއެވެ.

ސައިންވެރިން ބުނާ ގޮތުގައި މި ތަފާތު ހުންނަނީ އަންހެނާ އަދި ފިރިހެނާގެ ސިކުނޑީގެ ހޯމޯންސްގައި ހުންނަ ތަފާތުގެ ސަބަބުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަންހެންމީހާ

  ޢެކަމެއް ނޭގެ މާވިސްނޭ ބަޔަކަށް ވެގެން އުޅޭނެ. ތިމަންނަ ބުނާ ގޮތަކަށެ ހަދަންޖެހޭނީ ކިޔާގެން. ޢެކަމް ގިނަ ފަހަރަށް ހަމަ އަންހެން މީހާއަށް މާރަގަޅަށް އެގޭ ޑިސިސަންސް ނަގަން

  11
  2
 2. އަލީ

  މިއުމަތުގެ މާތްނަބީޔާއަށް ރަސޫލުކަމުގެ ވަހީބާވާލެވުނީ އެކަލޭގެފާނުގެ އުމުރު ފުޅުން ސާޅިސް އަހަރުވުމުން މާތްﷲގެ ކުޅަދުންވަންތަކަން.

  15
 3. ސާރާ

  100 ގެ ވާހަކެއް. ދެރައީ ފިރިހެނުން މިކަން ޤަބޫލުނުކުރާތީ...

 4. ކުޑަކުއްޖާ

  ކުޑަކުދިން މާމޮޅުވާނެ އެއްޗެހި ދަސްކޮށް އުނގެނި ކަންކަން ކުރަން ...