ކަޝްމީރުގެ މައްސަލައިގައި ޕްރިޔަންކާ އަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ބުނެ އދއިން އޭނާ ދިފާއު ކޮށްފިއެވެ.

އދ އިން އިން ޕްރިޔަންކާ ދިފާއު ކުރީ އިންޑިއާގެ ސިފައިންނަށް ހިތްވަރުދީ ޓްވީޓެއް ކުރުމުން، އެއީ އދގެ ގުޑްވިލް އެމްބަސަޑަރަކަށް ހުރެ އޭނާ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުން ބުނެފައި ވަނިކޮށެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާ ޕާކިސްތާނާ ދެމެދު ހަމަނުޖެހުން އިތުރުވެފައިވާއިރު މި މައްސަލާގައި ޕާކިސްތާނުން ވަނީ، ހަނގުރާމައަށް ދާން ފެންނަ ކަމަށް ބުނާ މޭރުމަކުން ޕްރިޔަންކާ ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ގުޑްވިލް އެމްބަސަޑަރުގެ މަގާމުން އޭނާ ވަކި ކުރަން އިއްޔެ ގޮވާލާފައެވެ.

ޕާކިސްތާނަށް ރައްދު ދީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އެކަމާ ގުޅިގެން ވިދާޅުވީ، ޕްރިޔަންކާއަށްވެސް އަމިއްލަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.

މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެން ޕާކިސްތާނަށް ދިން ހަަމަލާތަކުގެ ދިފާއުގައި ޕްރިޔަންކާ ޗޯޕްޅާ ޓްވީޓްކުރުމުން އޭނާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން އޭނާ ވަކިކުރަން ގޮވާލައި، ޕާކިސްތާނުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދީމް

  މާކުރިންވެސް އިނގޭ ދިފާއު ކުރާނެކަން. ކާފަރެއްވިއްޔާ ނުކުރާނެވިއްޔާ ގޯސްކަމެއް. ކަލޭމެންނަށް އަބަދުވެސް ގޯސްވާނީ މުސްލިމުން. އަހަރުމެން އަޖައިބެއް ނުވަން ތިކަމަކާ. އިރާދަ ކުރެއްވީޔާ އަހަރުމެން މިތިބީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކަޝްމީރް އަދި ޕާކިސްތާނާއެކު. އިންޝާﷲ

  26
 2. ފެނޭ

  ޕާކިސްތާން އާއި ކަޝްމީރުގެ ރައްޔިތުން ހިތްވަރު ކޮއްލާ...

  14
 3. ާއަހުމަދު

  އދ ، އަކީ އިންޑިއާ ދަނާލު