މާބަނޑު ދުވަސްވަރު އަންހެން މީހާ ވަރަށް ރަނގަޅަށް ކާން ޖެހެއެވެ. މުސްކުޅިން ބުނާގޮތުގައި، މާބަނޑު އަންހެން މީހާ ކާން ޖެހޭނީ، އޭނާ އަށާއި، ދަރިފުޅާއި ލައިގެންނެވެ. މާބަނޑު ދުވަސްވަރު ކާން އެންމެ ރަނގަޅު ތަކެތީގެ ލިސްޓު އަބަދުވެސް އަތުގައި ބާއްވާ މާބަނޑު މީހުން އުޅެއެވެ. ކަނދުރަކީވެސް މިއީވެސް އެ ލިސްޓަށް އިތުރުކޮށްލަން ޖެހޭ އެއްޗެކެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ކަދުރަކީ ވިހެއުމުގައި އަރާ ތަދު ކުޑަކޮށްދޭ އެެއްޗެކެވެ. އަދި ސައިންސްވެރިންވެސް ވަނީ މިއީ ވިހެއުމަށް ފަސޭހަކޮށްދޭ އެއްޗެއް ކަމަށް ބުނެފައެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ކަދުރު ކެއުން ގިނަ ކުރާށެވެ.

ކަދުރު މާބަނޑު އަންހެނުން ވިހެއުމަށް ފަސޭހަކޮށްދޭކަމަށް ދިރާސާތަކުން ދައްކާއިރު، އެ ފަސޭހަކޮށްދެނީ ކޮންގޮތަކުން ކަމެއް ބުނެފައެއް ނުވެއެވެ.

ކަދުރަކީ ޕްރޮޓީން އާއި ފައިބާ އަދި ވިޓަމީންސް އެކުލެވިގެންވާ އެއްޗެކެވެ.

އެ މީހުން ބުނާގޮތުން ކަދުރަކީ އެއްވެސް ވަރަކަށް ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ނޫނެވެ. އެހެންވުމުން އެ މީހަކު ބޭނުންވަރަކަށް ކަދުރު ކެވިދާނެއެވެ.

މީގެ އިތުރުން ކަދުރުގެ ސަބަބުން ލިބޭ އިތުރު ސިއްހީ ފައިދާތަކަށް ބަލާއިރު، ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ރޫފަ ރަނގަޅު ކުރުމަށްވެސް ވަރަށް ރަނގަޅު ބާވަތެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަށިގަނޑުގެ ލޭ ސާފްކޮށްދިނުމާއި، ހިތަށްވެސް ފަސޭހަކޮށްދޭ ބާވަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަދުރުބެ

    އެއީ ރޯދަމަހު ވަރަށް ގިނައިން ލިބޭ އެއްޗެއް

  2. އީވަގުތު