ހަރިކޭން އަކީ ގުދުރަތީ ގޮތުން އުފެދޭ އެއްޗެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ އަށް އަރާ ހަރިކޭން ތަކާއ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެއްޖެއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޓްރަމްޕް ވަނީ ނަގޫރޯޅި ފަދަ ގުދުރަތީ ތޫފާނުތައް އެ ގައުމަށް ވާސިލް ވުމުގެ ކުރިން ނިއުކްލިއާ ހަމަލާއަކުން އެ ތޫފާނުތައް ނުހުއްޓުވޭން ވީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.

ހަަރިކޭންތައް ހުއްޓުވަން ޓްރަމްޕް މަޝްވަރާ ކުރަނީ

އެމެރިކާގެ ސަލާމަތާއި ބެހޭ އެންމެ އިސް އޮފިޝަލުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ނަގޫރޯޅިއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައި ވަނީ ނަގޫރޯޅީގެ ހަގީގަތް އޭނާ އަށް އެނގޭ ކަމަށާއި، ކުރަން ޖެހޭ ކަމަކީ އެ އެފަދަ ކަންކަމާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން ކަމަށެވެ.

"މި ތޫފާނުތައް އުފެދެން ފަށަނީ އެފްރިކާ ކަނޑު ކައިރިން. ތޫފާނު އުފެދެމުން އައިސް އެޓްލާންޓިކް ކަނޑާއި ހަމައަށް އެރުމުން، އަހަރެމެން ތޫފާނުގެ މެދަށް ނިއުކްލިއާ ބޮމެއް ވައްޓާލާނީ. ކީއްވެ އަހަރެމެންނަށް މިކަން ނުކުރެވޭނީ؟" ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް މިހެން ބުނުމުން މިކަން ދިރާސާ ކޮށް، އިތުރަށް ބަލާނޭ ކަމަށް އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލުން ބުނެފައި ވާއިރު، މިއީ ކުރެވިދާނޭ ކަމެއް ކަމަށް ބައެއް ސައިންސްވެރިން ދެކެއެވެ. އެހެން ނަމަވެސް ހަޤީޤަތަކީ ގުދުރަތުން ހިނގާ މިފަދަ ކަންކަމަކީ އިންސާނުންނަށް ހުއްޓުވޭނެ ކަމެއް ނޫން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުލާ

    ނުވަާނެތިކަމެއް

    52
    2
  2. ހުދުހުދު

    މޮޔަ. ނިކަން މޮޅިއްޔާ ހުއްޓުވަބަލަ

    27
  3. ާައަސްލަމް

    ކާފަރުކަން އިތުރުވިވަރަކަށް ޖާހިލުކަންވެސް އިތުރުވާނެ

    34
    1
  4. ބީރުބޮލު ވަޒީރު

    ޖުހާއަކީ ހިޔާލީ މީހެއް..އެކަމަކު މިހާރު މިފެންނަނީ އަސްލު ޖުހާ...މިހާތަނަށް ދުނިޔެދުށް އެންމެ މޮޔަ ރައީސް..ދުނިޔޭގެ ރެކޯޑުފޮތުން ޖާގައެއް ދޭންފެނޭ..

    40
    1
  5. މާކަނާ ކަލޯ

    މީނަ ބޯހަމަނުޖެހޭކަން ކުރިންވެސް އެނގޭ. އެކަމަކު މިހާވަރުކަމެއް ކުރިއަކުން ނޭގެ.

    40
  6. ސާމިޔާ

    އީރާނާދެކޮޅަށްހަނގުރާމަކުރަންނުކެރުނީމާ ގުދުރަތާދެކޮޅަށް ހަނގުރާމައިއުލާންކުރީދޯ ؟

    35
  7. ދިވެހި ކުއްޖާ

    ފަހު ޒަމާނުގެ ފިރުއައުނު

    39
  8. ދިރާސާ

    ނުރައްކާތެރި ހަތިޔާރުހަދާ އިންސާނުން ( ޚާސަކޮށް މުސްލިމުން ) މެރިކަމުގައިވިޔަސް
    ކޮންމެކަމަކީވެސް ﷲގެ ކުޅަދުންވަންތަކަމުން ހިނގާކަންކަން ވީމާ، ހަތިޔާރުބޭނުންކޮށްގެން
    ކުރަންބޭނުންވިޔަސް ﷲ އިރާދަނުކުރައްވާކަމެއް ނުވާނެ ގެއްލުންދޭ ހަތިޔާރުއުފެދުމުގެ ވިސްނުންވެސް ދެއްވީﷲ ޓްރަންޕްވެސް ދުނިޔެއަށްފޮނުއްވާ ތިޔަފަދަ ގަދަބަސްބުނުމުގެ
    ބާރުދެއްވީ ﷲ ވީމާ، ޓްރަންޕް ގަދަބަސްނުބުނުއްވާ ގަދަބަސްބުނުމަކުން ކުރެވޭނެކަމެއް،
    ހުއްޓުވޭނެކަމެއްނޯންނާނެ ﷲ ވޮޑިގެންވާކަން ގަބޫލްނުކޮށް ހިސާބަށްވުރެ ޖާހިލްވީމަ ތިފަދަ
    ބަސްބޭނުންކުރަނީ

    25
    1
    • ޓްރަމްޕް

      އަހަންނަށް ދިވެހި ބަހެއްނޭގޭ.. ޕްލީޒް އިންގުލިޝް ޓުރާންސްލޭޓް..

  9. ނަތަންޔާހޫ

    ބިން ހެލުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ޖަޕާނުން ޓެކްނޮލޮޖީގެ އެހީގައި ފާއިތުވި 20 އަހަރު ގިނަ ކަންތައްތަކެއް ތަޖްރިބާކޮށްފި، އަދި ލިބޭ ގެއްލުންވެސް ނިސްބަތުން ކުޑަވެއްޖެ، މީހުން މަރުވާ އަދަދުވެސް މަދުވެއްޖެ! މާލެއަށް އުދަ އަރާ ބޮޑަތި ގެއްލުންތަކެއްވީފަހުން ވަށާ ބޮޑުގާޖަހާ ރާޅު ކޮންޓްރޯލް ކުރުމަކީ ކާފަރުވުންބާ! ނަގޫ ރޯޅި އަންނަކަން އެނިގިތިބެ އޭތި ހުއްޓުވަން ނުވަތަ ބާރު ކުޑަކުރަން މަސައްކަތް ކުރުމަކީ ކާފަރުވުންބާ!

    5
    1