ގިނަ ފަހަރަށް މީހަކާއި ވާހަކަ ދައްކަމުން ދާއިރު ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކީ އެ މީހަކު ތިމާ ދެކެ ލައިކް ވޭތޯ ނުވަތަ ނުވޭތޯއެވެ. ގިނަ މީހުންނަށް މިކަން ޔަގީން ނުވާ ކަމުން ރައްޓެހިވާން އަހަން ނުކެރިފައި ތިބޭ އިރު، ދެން އެގޮތަށް ކަންތައް ވެދިޔަ ނުދޭށެވެ. މިއީ މީހަކު ތިމާ ދެކެ ލައިކް ވާ ކަމުގެ ނިޝާންތަކެވެ.

1 ތިމާ އާއި ގިނަ ވަގުތު ވާހަކަ ދެއްކުން. ވިސްނާލާށެވެ. ތިމާ ދެކެ ލައިކް ނުވާ މީހެއްނަމަ ގިނަ ވަގުތުތަކެއް ވާހަކަ ދެއްކުމުގައި ހޭދަ ކުރާނެ ހެއްޔެވެ؟ ފަހަރުގައި ރަހުމަތްތެރިއެއްގެ ގޮތުން ކޮށްފާނެއެވެ. ނަމަވެސް، ތިރީގައި މި ހުރި ކަންކަންވެސް ވާނަމަ، އެ މީހަކު ތިމާ ދެކެނީ ރައްޓެއްސެއްގެ ގޮތުން ތޯ ނުވަތަ ކްރަޝް އެއްގެ ގޮތުންކަން ޔަގީން ވެގެންދާނެއެވެ.

2 އޭނާގެ ލޯބީގެ ވާހަކަތައް ހިއްސާ ކުރުން. މިއީ މީހަކު ތިމާ ދެކެ ލައިކް ވާ ކަމުގެ އެންމެ ބޮޑު ނިޝާނެވެ. އެހެނީ، ރަހުމަތްތެރި އެއްގެ ގޮތުގައި ހުރި ނަމަވެސް، އެ މީހެއްގެ ލޯބީގެ ހަޔާތުގެ ވާހަކަތައް ކިޔައިދީ، ތިމާގެ ލޯބީގެ ހަޔާތުގެ ވާހަކަތައް އަޑު އަހަން އުޅޭ މީހެއްނަމަ އެ މީހަކު ތިމާ ދެކެ ލައިކް ވާކަން ޔަގީނެވެ.

ލައިކް ވާ ފިރިހެން މީހާ އާއި މެސެޖް ކުރަމުން ހެވިފައި ހުރި އަންހެނެއް

3 އަމިއްލަ އަށް އިސްވެ ވާހަކަ ދެއްކުން. މިއީވެސް ތިމާ ދެކެ ލައިކް ވާ މީހެއްގެ ފަރާތުން ފެންނާނޭ ސިފައެކެވެ. އެއީ ތިމާ އޭނާ އަށް ނުގުޅައި، މެސެޖް ނުކޮށް ހުރި ކަމުގައި ވިޔަސް، އެ މީހަކު ލައިކް ވާނަމަ އަމިއްލަ އަށް ފެނިގެން ވާހަކަ ދައްކަން މަސައްކަތް ކުރާނެއެވެ.

4 އޮންލައިން ކޮށް ފޮލޯ ކުރުން. މިއީ ލައިކް ވާ މީހެއްގެ ފަރާތުން ފެންނާނޭ އަނެއް ސިފައެވެ. އެހެނީ، މިޒަމާނުގައި އެންމެން ކަހަލަ ގޮތަކަށް މީސް މީޑިއާ ބޭނުން ކުރަމުން އަންނައިރު، ތިމާގެ ޕޯސްޓް ތަކަށް ލަވް ރިއޭކްޓު ކޮށް، ހުރިހާ ޕޯސްޓެއް ބަލާނަމަ ދެން އެހިސާބުން އެ މީހެއް ކައިރީ ރައްޓެހިވާން އަހާށެވެ. ތިއީ އަންހެނެއް ނުވަތަ ފިރިހެނެއް ނަމަވެސް މެއެވެ.

މަތީގައި ބަޔާން ކޮށްފައި ހުރި ހުރިހާ ކަމެއް ވާނަމަ މީހަކު ތިމާ ދެކެ ލައިކް ވާކަން ޔަގީންކޮށް ތިމާ އެމީހަކާއި މެދު ދެކޭ ގޮތް ބުނާށެވެ. އެންމެ ބޮޑު ވަރު ވިޔަސް ލިބޭނެ ޖަވާބަކީ "ނޯ" އެއްތާއެވެ. ނަމަވެސް، މި ހުރިހާ ކަމެއް ވާނަމަ، ހަމަ ގައިމުވެސް ޖަވާބަކަށް ނޫނެކޭ ނުލިބޭނެއެވެ. ދެންވެސް އިތުރަށް މަޑުކޮށް ތިކަންތައް އަވަހަށް ކުރާށެވެ. މާ ލަސްކޮށްފި ނަމަ ކާޅު އައިސް ޖަހައިގެންފާނެއެވެ.