އިންޑޮނޭޝިއާ ފިރިހެނަކު އޭނާގެ ދެ ލޯބިވެރިންގެ ހިތުގައި ނުޖައްސަން ވެގެން އެއްވަގުތެއްގައި ކައިވެނިކޮށްފިއެެވެ.

އޮގަސްޓް 17 ވަނަ ދުވަހު އިންޑޮނޭޝިއާގެ އެއާޓަރަޕް ކަލިމަންޓަން އަވަށުގައި މި ކައިވެނި ކުރި ދެ މީހުންގެ ވީޑިއޯ މިހާރު ދަނީ ފޭސްބުކްގައި ދައުރުވަމުންނެވެ. އެ ކައިވެނި ކުރި މީހާގެ ފޮޓޯތައްވެސް މީސް މީޑިއާގެ ސަމާލުކަން ލިބުނުއިރު، އެ ފިރިހެން މީހާ އާއި އޭނާ ކައިވެނި ކުރި ދެ މީހުންނަކީ ކޮން ބައެއްކަން އެނގިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދެ އަންހެނުންނާއި އެއްފަހަރާ ކައިވެނި ކުރުމަކީ އޭނާއަށް ގޯސް ކަމެއް ކަމަށް ނުދެކެވެ. އޭނާ އިންޑޮނޭޝިއާ ނޫހަކަށް ކިޔާދިން ގޮތުގައި, އޭނާ ދެ ލޯބިވެރިންނާއި އެއްފަހަރާ ކައިވެނި ކުރީ އެ ދެ މީހުންނަށްވެސް ދެރަގޮތެއް ވާން އޭނާގެ ހިތްނޭދޭތީއެވެ.

އިންޑޮނޭޝިއާގައި ދެ އަންބަށް މީހުންނާއި އިނުން ހުއްދައެވެ. އެ ގައުމަކީ މުސްލިމުންގެ އިތުރުން އެހެން ދީން ގަބޫލުކުރާ މީހުންވެސް އުޅޭ ގައުމެކެވެ. އެ ދީންތަކުގައިވެސް ދެ އަންބަށް މީހުންނާއި އިނުން ހުއްދައެވެ. އެހެންކަމުން ދެ އަންބަށް މީހުންނާއި އިނުމަކީ އެ ގައުމުގައި އާ ކަމެއް ނޫނެވެ.

ނަމަވެސް މިގޮތަށް އެއް ވަގުތެއްގައި ދެ މީހުންނާއި ކައިވެނިކުރުމަކީ މި އަވަށުގައި މުޅިން އަލަށް ހިނގާދިޔަކަމެއް ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އެ ގައުމުގައިވެސް ދެ އަންބަށް މީހުންނާއި އިންނަ ނަމަ ފުރަތަމަ އަނބިމީހާގެ ހުއްދަ ހޯދަން ޖެހެއެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ، ދެ އަންހެނުންވެސް ވާހަކަދައްކައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހިތުގަ ޖެހިޑަނެތިީއޭ ކިޔާފަ ދެމީހުންނާ އެއްކޮށް ރެޔެއް ނުކުރެވޭނެ ހަމަ ގައިމު ??

    49
    7
  2. ބަކުލާ

    ހާދަ ރަގަނޅު މީހެކެވެ.

    40
    7