ދުނިޔޭގެ ފިނި ބައްރުން އިންސާނެއްގެ ސިފަ ހުރި ބޮލެއް ގޫގުލް އާތު މެދުވެރިކޮށް ނެގި ފޮޓޯ އަކުން ފެނިއްޖެއެވެ.

އެންޓާޓިކާގެ ސްނޯގެ ދަށުގައި ފޮރުވިފައިވާ ގަދީމީ ޝަހަރުތަކެއް ވާކަމަށް މީގެ ކުރިން ފަށައިގެން ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ފެނުނު މި ބޮލާއި ގުޅޭ ގޮތުން ސައިންސްވެރިންގެ މެދުގައި ވާހަކަ ދެކެވެނީ އެކި ގޮތަށެވެ.

ބައެއް ސައިންވެރިން ބުނާ ގޮތުގައި އިންސާނެއްގެ މޫނު ފެންނަ ގޮތަަށް ހުރި މި މޫނު އުފެދެން މެދުވެރިވީ ވައިފަދަވުމުގެ ސަބަބުން ސްނޯތަކުގައި ކުރެހުނު ޕެޓާން ތަކެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

ގޫގުލް އާތް އިން ފެނުނު މި މޫނުގައި ލޮލާއި ނޭފަތް އަދި އަނގަ ވަރަށް ރީއްޗަށް ފެންނަން ހުރުމުން ބައެއް މީހުންގެ ދެކޭގޮތުގައި މިއީ އެންޓާޓިކާއި މީގެއެތަށް ހާސް އަހަރުތަކެއް ކުރިން ދިރިއުޅުނު ބައެއް ބިނާކުރި ބިޔަ އިމާރާތްތަކުގެ ތެރެއިން އިމާރާރެކެވެ.

މީގެ ކުރިން އެންޓާޓިކާއިން ބޮޑެތި ޕިރަމިޑްތަކެއް ވެސް ފެނުނު ކަމަށް ބުނެ އެވާހަކަ ނޫސްތަކަށް އެރިއެވެ.

ޔޫޓިއުބްގައި އާންމުކޮށްފައިވާ ގޫގުލް އާތުގެ މި ވީޑިއޯ މިހާތަނަށް 90000 މީހުން ވަނީ ބަލާފައިވާއިރު އެންޓާޓިކާގައިވާ ގަނޑުފެންތަށް ވިރެމުންދާ ވަރަކަށް މި ބިޔަ ކޮންޓިނެންޓުގައި ފޮރުވިފައިވާ ސިއްރުތަށް ކުރިއަށް އޮތް އަހަރުތަކުގައި ހާމަވެގެން ދާނެ ކަމަށް މީގެ ކުރިން ދިރާސާ ކުރާ ޓީމަކުން ވަނީ ބުނެފައެވެ.

މިހާރު ޖައްވުގައި ދައުރުވަމުންދާ ސެޓްލައިޓުތަކުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެންޓާކްޓިކާއިން އަހަރެއްގެ މައްޗަށް 200 ބިލިއަން ޓަނުގެ އައިސް ވިރި، ކަނޑަށް ދަނީ އެޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. maamaingili

  Ti vaanny maumoonuge moonah

 2. ަިއައިންތު

  ތިވާނީ ޔައުޖޫޖު މައުޖޫޖު ބައިމީހުންގެ ރައްކަމަށް

 3. ޔާރާ

  ތިވާނީ މިސްރުގެ ގަދީމީ ޒަމާނުގެ ފިރުއައުނެއް ކަމަށް!
  އެއިރު ދުނިޔޭތިބިބަޔަކު އެސޮރު މާ
  ރުޅިގަދަވެ މީހުންނަށް ގޮތްހަދާތީ ބަދެގެން ގެންގޮސް ތިތަނަށް ދޫކޮއްލާފައަަައީމަ ތިއޮތީ ފަހަށް އަންނަ ކުދިންނަށް ދައްކާލަން ހިލަކޮއްފަ!
  ބަސްނާހަންޏާ ވާނީ އެހެންދޯ!