ފޮޓޯ އިން ތިޔަ ފެންނަނީ އުމުރުން ހަމަ އެންމެ 12 އަހަރުގެ އިއްޒުއްދީން ސަމްސަމް އެވެ. ފަލަސްތީނުގެ ރަފާހް އަށް ނިސްބަތްވާ އިއްޒުއްދީން އަކީވެސް އެ ގައުމަށް ވެރިވަގަތުމަށް މަސައްކަތް ކުރަމުންދާ އިސްރާއީލް އަސްކަރިއްޔާގެ ވަކިތަކުގެ ދަށުވެފައިވާ ކުއްޖެކެވެ.
އިއްޒުންދީން ވަނީ ފަލަސްތީންގެ ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ އަށް އޭނާގެ ވާހަކަތައް ކިޔައިދީފައެވެ.
އިއްޒުއްދީނަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައި މިވަނީ އުމުރުން އެންމެ 12 އަހަރުގައި އޭނާ ދައްކަމުން އަންނަ ހިތްވަރުގެ ސަބަބުންނެވެ. އޭނާ ބޭނުންވަނީ މާތްﷲ ހަސްރަތުގައި ޝަހީދަކަށް ވާންށެވެ. އޭނާ އަކީ ކުޑަ ކުއްޖެއް ކަމުން އެ އުމުރުގެ އެހެން ކުދިން ކުޅެން އުޅޭ އިރު އިއްޒުންދީން ވެސް މީގެ ކުރިން ދަނީ ރަހުމަތްތެރިންނާއި އެކު ކުޅޭށެވެ. ނަމަވެސް، އިސްރާއިލް ސިފައިން އޭނާ ދިރިއުޅޭ ސަރަހައްދަށް އައިސް އާއްމުންނަށް ހަމަލާ ދޭން ފެށިފަހުން އިއްޒުންދީން ކުޅުމުގެ ބަދަލުގައި ދަނީ އިސްރާއީލްގެ އަނިޔާވެރި ކަމާއި ދެކޮޅަށް މުޒާހަރާ ކުރާށެވެ.
މިދިޔަ އަހަރުން ފެށިގެން ކޮންމެ ހަފްތާ އަކުވެސް ރަފާހްގައި އިސްރާއީލް އާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރާއިރު، އިއްޒުއްދީން އަންނަނީ މިކަމުގައި ގަވާއިދުން ބައިވެރި ވަމުންނެވެ. އޭނާވެސް ކުޅެން ދާން ބޭނުންވެއެވެ. ނަމަވެސް، އިސްރާއިލް ސިފައިން އޭނާގެ އަހުންނާއި އުހްތުންގެ މައްޗައް އަނިޔާވެރި ވާތަން ބަލަން ހުންނަން ބޭނުން ނުވާ ކަމަށް އިއްޒުންދީން ބުންޏެވެ.
ދާދި ފަހުން ރަފާހުގެ މީހުން ބޭއްވި އެއްވުމެއްގެ ތެރެއިން އިސްރާއިލް ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުމުގެ ސަބަބުން މީހަކު ވަނީ އަނިޔާވެ، ބިންމައްޗައް ވެއްޓިފައެވެ. މި މަންޒަރު ބަލަން އެންމެން ބަސް ހުއްޓިފައި ތިބިއިރު، އިއްޒުންދީން ވަނީ ލަހެއް ފަހެއް ނެތި، ބިރަކާއި ނުލައި އެ މީހާ ކައިރިއަށް ގޮސް، އިއްޒުންދީނުގެ ޓީޝާޓު ނަގައި އޭނާގެ އަތުގައި އޮޅާލާފައެވެ. އެއީ އެ މީހާގެ އަތް ޒަހަމްވެ، ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިއުމުގެ ސަބަބުންނެވެ.
"އަހަންނަށް ފެނުނީ އަނިޔާވެ ބިންމައްޗައް ވެއްޓިފައި އޮތް މީހެއް. އެހެން އެއްވެސް މީހަކަށް އޭނާ އަށް އެހީ އެއް ނުވެވުނު. އެކަމަކު އަހަންނަށް އެތަން ފެނުމުން އެ މީހާ އަށް އެހީ ވުމަކީ އަހަރެންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކި އޭނާ އަށް ދިމާލަށް ދުއްވައިގަތީ. އޭނާ ކައިރިއަށް ދިޔައިރު އަތުން ގިނަ އަދަދެއްގެ ލޭ ފައިބާތީ އަހަރެން ޓީޝާޓު ބާލާފައި ވަގުތުން އޭނާގެ އަތުގައި އޮޅާލިން. މި މަންޒަރު ފެނިފައި އެތަނުގައި ތިބި އެހެން ކުދިންނާއި ޒުވާނުންވެސް އަހަންނާއި އެކު އެ މީހާ އަށް އެހީތެރިވުމަށް އައި." ފަލަސްތީނުގައި ހުރި ވަގުތުގެ ނޫސްވެރިޔާ، ވަފާ އަށް ދިން އިންޓަވިއުގައި އިއްޒުންދީން ބުންޏެވެ.
އިއްޒުންދީންގެ އިސް ނެގުމުގެ މަތިން އަނިޔާވި މީހާ އަށް އެހީތެރިވި ނަމަވެސް، އިސްރާއިލް ސިފައިން ވަނީ އެމީހުންނާއި ދިމާލަށް ކަރުނަ ގޭސް ޖަހާފައެވެ. މިކަމުގެ ސަބަބުން އޭނާގެ ގިނަ ރައްޓެހިންތަކެއް ނޭވާ ހާސްވި އިރު، އިއްޒުންދީން ނޭވާ ހާސްވެގެން ބިންމައްޗައް ވެއްޓުނެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިން މެޑިކަލް އޮފިސަރެއް އެތަނަށް ގެނައުމަށް ފަހު އެއްޒެއްދީން އެތަނުން ދުރަށް ގެންދިޔައެވެ.
މި ހިތްވަރުގަދަ ފަހުލަވާނު "ވަގުތު" އަށް މައުލޫމާތު ދެމުން އިތުރަށް ބުނެފައި ވަނީ އޭނާގެ ގިނަ ރައްޓެހިން ތިބީ އަނިޔާގައި ނުވަތަ ޝަހީދުވެފައި ކަމަށާއި މީގެ ކުރިން އޭނާ އަށްވެސް އަނިޔާވެފައިވާ ކަމަށެވެ.
"އަހަރެންގެ ގިނަ ރަހުމަތްތެރިން ތިބީ އިސްރާއިލް ސިފައިންގެ ސަބަބުން އަނިޔާވެފައި. ދެން ތިބި މީހުން ވަނީ ޝަހީދުވެފައި. މީގެ ދެ ހަފްތާ ކުރިން ސިފައިން ވަނީ އަހަރެންގެ މެއަށް ރަބަރު ވަޒަނުން ހަމަލާދީ ޒަހަމްވެސް ކޮށްލާފައި. ނަމަވެސް އެއްވެސް ބިރަކާއި ނުލައި އަހަރެން މާތްﷲ އަށް ވަކީލް ކުރުމަށް ފަހު އަނިޔާވެފައިވާ މީހާ އާއި ދިމާލަށް ދިޔައީ. ބައްޕަ ވަނީ އަހަންނަށް އަނިޔާ ތަކަށް ކެތް ކުރަން ދަސްކޮށްދީފައި.މިހާރު އަހަރެން ބޭނުން ވަނީ މާތްﷲ ހަސްރަތުގައި ޝަހީދަކަށް ވާން" އުމުރުން އެންމެ 12 އަހަރުގެ އިއްޒުންދީން ކިޔައިދިނެވެ.
އިއްޒުންދީން ފަދަ އެތައް ކުދިންނެއް ފަލަސްތީނުގައި ތިބިއިރު، އިސްރާއީލުން އަންނަނީ މެދު ކެނޑުމެއް ނެތި އެފަދަ އެތައް ކުދިންނެއް ޝަހީދުކުރަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަން ތަކުރާރުވަމުން ދިއުމުގެ ނަތީޖާ އެއްގެ ގޮތުން އިއްޒުއްދީން ފަދަ ޅަކުދިން މިވަނީ ގައުމާއި ދީނުގެ ދިފާއުގައި ފުރާނަވެސް ގުރުބާން ކޮށްލަން ތައްޔާރުވެ، އެކަމަށް ނިކުމެފައެވެ.
ޝަހީދަކަށް ވުމަކީ އަހަރެންވެސް އެންމެ ބޭނުން ވާ ކަންތައް
ޔާﷲ އިއްޒުންދީން އަށް ކެތްތެރިކަން ދެއްވާ ސާބިތު ކަން ދެއްވާދޭ. ﷲ މަގުގައި ޝަހީދުވާ ކުއްޖެއް ކަމުގައި ލައްވާދޭ އާމީން
ހެޔޮވިސްނޭ ކުއްޖެއްމީ...
އަހުރެނެވެސް ބޭނުމީ ޝަހީދުވާން ﷲ ގަންދީ ހުވާ ކޮށްފަ ބުނަން !
ވަގުތުނޫހުން ގެނެސްދީފައިވާ މިއިންޓަވިއުގެ ސަބަބުން ވަގުތުނޫސްވެރިންގެ ހިތްވަރުގަދަކަމާ
އިސްލާމީއުއްމަތް ޚާސަކޮށް ފަލަތީނުރަށްޔިތުންނަށް ދެއްވާ އިސްކަންހާމަވޭ އަދި މިއިންޓަވިއުގެ
ސަބަބުން ޝަހީދުވުމަށްއެދޭފަރާތްތައް އިތުރުވުމަށް އެދޭނެކަންޔަގީންވޭ ނޫހަކީ ފައިދާކުރާއެއްޗަކަށް
ވުން ވަރަށްމުހިއްމު ނަމަވެސް ބައެއްނޫސްތަކުން ގިނައިންފެންނަނީ ސިޔާސީ ޚަބަރު ޝުކުރިއްޔާ
ވަގުތުނޫސް