އިންސާނާގެ ސިކުޑީ ފުރިހަމައަށް މަސައްކަތް ކުރުމުގައި ހަމައްަށް ނުދުމަކޯ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެވަރެޖްކޮށް ކޮންމެ މީހަކަށްވެސް، ކޮންމެ ދުވަހަކު ގާތްގަނޑަކަށް ހަތް ގަޑިއިރާއި އަށް ގަޑިއިރުގެ ނިދި ބޭނުންވެއެވެ.

ނިދަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ބައެއް މީހުންނަށް ނިދުމަކީ ވަރަށް އުނދަގުލުން ކުރެވޭ ކަމެކެވެ. ނިދި މަދުވުމަކީ ހަށިގަނޑާއި ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

އަރާމުކޮށް ނިދާޅުމަށް މިކަންކަން ކޮށްލާށެވެ.

ރޭގަނޑު ނިދާ ގަޑި ކައިރިވަމުންދާއިރު، ބޮޑެތި ކެއުންތަކާއި ދުރުވާށެވެ. ނިދާ ގަޑި ކައިރިވެފައި ވަނިކޮށް ގިނައިން ކެއުމަކީ ނިންޖަށް ހުރަސް އަޅާ ކަމެކެވެ. މިއީ އެތެރެ ހަށީގެ މަސައްކަތްތައް ބުރަށް ކޮށްދޭ ކަމެކެވެ.

އަރާމުކޮށް ނިދާލުމަށް، ތިބާ ފަސޭހަ ފިނިހޫނު މިނެއްގައި ކޮޓަރީގެ ފިނިހޫނުމިން ހުންނަން ޖެހެއެވެ. ނިދާ ކޮޓަރި މާބޮޑަށް ހޫނުވުމަކީ ނުވަތަ ފިނިވުމަކީވެސް ނިދުމަށް ނިދުމަށް ހުރަސް އަޅާ ކަންކަމެވެ. ކޮޓަރިއަކީ ވަރަށް ހޫނުގަދަ ތަނެއް ނަމަ، ނިދުމުގެ ކުރިން ފެންވަރާލުމަކީވެސް ނިދަން ފަސޭހަކޮށްދޭ ކަމެކެވެ.

ވަރަށް އަރާމުކޮށް ނިދާލަން ބޭނުން ނަމަ، ރޭގަނޑު ނިދާ ގަޑި ކައިރިވަމުންދާ ވަރަކަށް، ވީހާވަރަކުން ހިޔާލުތަކާއި ވިސްނުންތަކާއި ދުރުވާށެވެ. މީގެ ނަތީޖާ ޔަގީނުންވެސް ފެންނާނެވެ.

ފޯނާއި ގޭމް ފަދަ ޑިވައިސް ބޭނުން ކުރުމަކީ ނިންޖާއި ދުރުކޮށްދޭ ކަންކަމެވެ. މިފަދަ ޑިވައިސްތައް ބޭނުންކުރުމުގައި އެތައް ވަގުތެއް ހޭދަކުރެވިގެންދާއިރު، ވަގުތު ހޭދަވެގެންދާ ގޮތްވެސް ގިނަ ފަހަރު ނޭނގެއެވެ.

ދެން އެންމެ މުހިއްމު އެއް ކަމަކީ ކެފޭން ހުންނަ ބުއިންތަކާއި ދުރުވުމެވެ. ހާއްސަކޮށް ރޭގަނޑު ކޮފީ އާއި ދުރުވުމެވެ.