އެމެރިކާގެ ހޯޑް އައިލެންޑްގައި ހުންނަ މިގޭގެ ވާހަކަ މީގެ ކުރިން ވެސް އެތައް ފަހަރަކު މީޑއާގެ ސަމާލުކަމަށް އައިސްފައިވެއެވެ. ދަނޑުވެރިކަން ކުރާ އެކަހެރި ސަރަހައްދެއްގައި ހުންނަ ގޭގެ ވާހަކަ 2013 ވަނަ އަހަރު މީޑިއާގައި ދެކެވުމަށް ފަހު މެދުކެނޑުމެއް އައި ނަމަވެސް އަނެއްކާ ވެސް އެގޭގެ ވާހަކަ އެމެރިކާގެ މީޑިއާތަކުގައި މިވަނީ ދައްކަން ފަށާފައެވެ.

ބުނެވޭ ގޮތުގައި މިގޭގެ ކައިރީގައި އޮންނަ ކޯރެއްގައި 1970 ގެ އަހަރުތަކުގައި ބަޔަކު މަރުވެފައި ވެއެވެ. 1736 އޭކަރުގެ ސަރަހައްދެއްގައި ހުންނަ ގެ ގަނެގެން މިހާރު އުޅެނީ ކޯރީ އާއި ޖެނިފާ ނަމަކަށް ކިޔާ ދެމަފިރިއެކެވެ. މިއީ މެކްސިކޯ އިން އެމެރިކާ އަށް ހިޖުރަކޮށްފައިވާ ދެމަފިރިއެކެވެ.

"އަހަރެންނަށް މިގެ ފެނުމާއި އެކު އަހަރެންނަށް މިގެ ދެކެ ލޯބި ވެވުނު. ބޮޑު ބިމެއްގައި ހުރި ރީތި ގެއެއް. ކައިރީގައި ވަރަށް ރީތި ކޯރެއް. ވަށައިގެން އޮތީ ފެހިކަން." ޖެނިފާ މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ގޭގެ ރީތިކަން ފެނިފައި އެގެއާއި ބެހޭ ގޮތުން ދައްކާ ހުރިހާ ވާހަކައެއް ޖެނިފާގެ ދެމަފިރިން ހަނދާން ނައްތާލިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ގެ ގަތެވެ.

ނަމަވެސް ގޭގައި ދިރިއުޅުންވީ ވަރަށް ބިރުވެރި ނާމާން ކަމަކަށެވެ. ގޭތެރެއިން ބަޔަކު ހިނގާ އަޑު އިވުން އެއީ އާއްމު ކަމެކެވެ. އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ. ކުއްލިއަކަށް ގޭގެ ލައިޓްތައް ނިވި ދާނެއެވެ. ނުވަތަ ދިއްލި ދާނެއެވެ. ކަރަންޓްގެ މައްސަލައެއް އުޅޭތޯ އެތައް ޓެކްނީޝަނުންނެއް ގެނެސްގެން ޗެކް ކޮށްފިއެވެ. އެމީހުން ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ދެން ކުރިމަތިވާ އަނެއް ކަމަކީ ގޭގެ ދޮރުގައި ޓަކި ޖެހުމެވެ. ބައެއް ފަހަރު ދެއަތުން ދޮރުފަތުގައި ތަޅާ އަޑު ވެސް އިވެއެވެ. ނަމަވެސް ދޮރު ހުޅުވާލާއިރު އެއްވެސް މީހަކު ނުހުރެއެވެ.

މިކަން ބޮޑުވެގެން މިހާރު ޖެނިފާގެ ދެމަފިރިން ވަނީ އެގެއިން ނިކުމެފައެވެ. ނަމަވެސް ދެމަފިރިން މިހާރު ގެންދަނީ ގެ ފަތުރުވެރިންނަށް ދައްކާލައިގެން ފައިސާ ހޯދަން ތައްޔާރުވަމުންނެވެ. އެކަން ކުރުމަށްޓަކައި ގޭގެ ބައެއް މަރާމާތުތައް ވެސް މިހާރު ކުރިއަށް އެބަދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދަތްބުރި

  މި ކަހަލަ ގޭގެ ރަަާއްޖޭގައި ވެސް ހުރޭ މާތްﷲއަާއި ވަކީލު ކުރުމަށްފަހު ގުރުއާން ކިޔެވުން ގިނަ ކުރޭ ސަލާމަތް ކޮށް ދެއްވަާނެ

  59
  1
  • ހުސެން

   ރާއްޖޭ ކޮންތާކުހުރީ މަ ވަރަށް ބޭނުން ދާން

   6
   2
   • ކުލިކު

    މުލިޔާގެ

    11
 2. މޫނިމާ

  އެ ދެމަފިރިން އެގެ ފަތުރު ވެރިކަމަށް ބޭނުން ކުރަން ފެށުމުން އެމެރިކާގެ އިޤްތިޞާދަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ނާންނާނެބާ !

  12
  1
 3. ހުސެން

  މަވެސް ބޭނުން އެކަހަލަ ބިރުވެރިކަމެއް ހިނގާ ގެއަކައް ދާން ދިވެހި ރާއްޖޭގެ ކޮންތަނަކު ހުރީ އެކަހަލަ ނާމާންް ގެއެއް

  4
  1
  • ުުުުރަ

   ފުވައްމުލަކުގަ

 4. ބިރުކުޑަ އަލީ

  އަހަރެމެން ގޭގަވެސް ،،ޖިންނި ،،ކަންތަން،،ވަރަބޮޑު ،،،،..ޖިންނި.އޮލޭތީވެސް.އުފާވެ?ފޫހިވެސފިލާ.އެސޮރުމެންއޮލޭތި??