އިންޑިއާގެ ހުޅަނގުގައި އޮންނަ ބެންގާލްގެ ރަނަގަތް ރެއިލްވޭ ސްޓޭޝަންގައި ރީތި ލަވައެއް ރީތި އަޑަކުން ކިޔައިގެން އެންމެންގެ ސަމާލުކަން ހޯދި ރާނޫ މަންޑޯލްއަށް އެތައް ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އޭނާ ކީ އެންމެ ލަވައެއް އިންޓަނެޓުގެ ސަމާލުކަން ހޯދި ހިސާބުން އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ތަރިއަކަށް ވެގެންގޮސްފައެވެ. މުޅި ހަޔާތް ބަދަލުކޮށްލި މި ވީޑިއޯއާއެކު، ރާނޫ ދޫކޮށް މީގެ އެތައް އަހަރެއް ކުރިން ދިޔަ އޭނާގެ އަންހެން ދަރިފުޅުވެސް ވަނީ އެނބުރި މަންމަގެ ގާތަށް އައިސްފައެވެ.

އުމުރުން 59 އަހަރުގެ "ގެއްލިފައިވީ" ކުޅަދާނަ މި ލަވަކިޔުންތެރިޔާ އަކީ، މީގެ އެތައް އަހަރެއް ކުރިން ފިރިމީހާ މަރުވެ ފަޤީރު ހާލުގައި ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ އެއްވެސް އުފާވެރިކަމެއް ނުލިބި އުޅެނިކޮށް، ހިތާމަ ދެގުނަ ވެގެން ދިޔައީ ދިރިއުޅުމުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ އޭނާގެ އަންހެން ދަރިފުޅު އޭނާ ދޫކޮށް ދިއުމުންނެވެ.

ރެއިލްވޭ ސްޓޭޝަނެއްގައި ހުރި ބެންޗެއްގައި އިށީނދެ އިނދެ، މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕްޔާރުކަ ނަގްމާ" ލަވަ ރާނޫގެ އަޑުން ކިޔާލި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ފާއިތުވެދިޔަ ދުވަސްތަކުގައި ދައުރުވެގެން ގޮސްފައިވާއިރު، އޭނާ އަކީ ގެއްލިފައިވާ ތަރިއެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ރާނޫ ހީވެސް ނުކުރާ ފަދަ ގޮތަކަށް ދިރިއުޅުމުގައި ހޯދި މި ކާމިޔާބީ އާއި އެކު ދަރިފުޅު އެނބުރި އައުމުން އުފަލުން ހުރިއިރު، އެ ދަރިފުޅު އޭނާ ދޫކޮށް ދިޔައީ މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. ނޫސްތަކުގައި ބުނާގޮތުގައި އޭނާ ރާނޫ ދޫކޮށް އެހެން ހިސާބަކަށް ގޮސް އުޅުނީ މަންމަގެ ފަޤީރުކަމާއި އާއިލާގެ ނިކަމެތިކަމުން އެ ހާލުގައި އިތުރަށް އުޅެން ބޭނުން ނުވެގެންނެވެ. ނަމަވެސް ރާނޫ މަޝްހޫރުވުމުން އެނބުރި ގޮސް އޭނާގެ ގައިގައި ބައްދާލައިގެން ހުރި ފޮޓޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ.

ރާނޫ އަށް ވަނީ އިންޑިއާގެ "ސުޕާސްޓާ ސިންގަރ" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފައެވެ. އޭނާ މަޝްހޫރުކަން ހޯދި ވީޑިއޯ ދެދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި 59.7 ހާސް މީހުން ވަނީ މި ލަވަ ޝެއާ ކޮށްފައެވެ.

ރަނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމުން ދިޔައީ، ރެއިލްވޭ ސްޓޭޝަންތަކުގައި މީހުންނަށް ލަވަ ކިޔައިދީގެންނެވެ. އޭނާ ކީ ލަވައެއްގެ ވީޑިއޯ އެތައް ބައެއްގެ ސަމާލުކަމަށް އައި ފަހުން މިހާރު މިއުޒިކް އަލްބަމް ތަށް ހެދުމަތް އެތަށް ކުންފުނިތަކަކުން އޭނާ އަށް ހުށައެޅުތަށް ލިބެމުންދާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ވަގުތުހުރިހާ

  މައިންބަފައިންގެ ހިތްތިރިކަމާއެވެ. ދަރިފުޅު މަންމަ ދޫކޮއްލާފ ގޮސް އަލުން ކައިރިޔަށް އައީމަވެސް މަންމަ ހަމަ ހިތްހެޔޮ. ދަރިން މިކަންކަމާވިސްނުން ބުއްދިވެރި.

  203
  1
 2. އުނބު

  ދެން ކޮންމެހެން އަންނާނެކަމެއް ނެތް. ތިއީ މަންމަ ފަގީރުކަމުން ލަދުން މަންމަޔައެކު ނޫލެން ދިޔަ މީހާ. ދޭ ގޮސް ތި އުޅުންތަކު އުޅޭ

  147
  3
 3. Anonymous

  ރާއްޖޭގައިވެސް ސަރުކާރުން މުސްކުޅިންނަށްދޭ 5000 ރުފިޔާ ދޭން ފެށުމުން މައިންބަފަ އިންނަށް ކުޑަކޮށްވެސް އަޅާނުލާ ލާއިންސާނީ އެތައް ދަރިންނެއް ކުއްލިއަކަށް ފައިސާގެ ދަހިވެތިކަމުގައި

  174
  2
 4. ބިޓު

  މާލޭގަވެސް ގޯތި ކުލިބެހުމުގައި މައްސަލަޖެހިގެން މައިންބަފައިންނާއި މޫނުކަނޑައިގެންއުޅޭމީހުން ވަރަށްގިނަ. ޖެންޑާއިން މިކަން ހައްލުކުރާކަށްނޫޅޭ، ކުލީގެކަމެއްވީމަ ތޯއްޗެ.

  40
  4
 5. މީނަ

  މަންމަ އަށް ޝުހުރަތާ ފައިސާ އާ ކަން ކަން ލިބުނީމަ މަން އަކީ ހުރި މީހެއް ކަމަށް ހަނދާން ވެގެން އަޔަކަސް މަންމަ ދެކެ ލޯބިވާ ކަމަކަށް ނުވާނެ! މަންމަ ނިކަމެތި ހާލަށް ދޫކޮށްފަ ދިޔައީ ދެން އެ ނިކަމެތި މަންމަ ރޭލުވޭ ކައިރި އިނދެގެން ލަވަ ކިޔާގެން ކާއެތި ކޮޅު ހޯދާގެން ކައިބޮއެ އުޅުނީ! ދެން މިހާރު މަންމަ ހުރިކަން ހަޑނަށް އައީ ލާރި ހޯދަން އެކަމް އެމަންމަ ކިހާ ރަގަޅު!

  51
 6. ޙިހު

  ސުޕަރސްޓާރ ސިންގަރ އަކީ ކަލޯ ކުޑަކުދިންޝޯއެއް

  15
  5
 7. ޑރ ރާމީ ހަސަން

  ދެފަރާތުން ދައްކާ ވާހަކަ އަޑު އަހާފައި ނޫނީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ފައިސަލާ ކުރާކަށް ނުވާނެ. ދަރިފުޅު ދައްކަން ހުރި ވާހަކަ އެއް މި ލިޔުމަކު ނެތް. ގިނަ ފަހަރަށް މީހުން ދައްކާ ތޯތޯ ވާހަކަ ގަބޫލް ކުރަން ހެޔަ ނުވާނެ. ހާއްސަކޮށް ނޫސްވެރިންނަކީ ބައެއް ފަހަރަށް އެ ބުނާ "ފޭކް-ނިޔުސް" ގެނެސް ދިނުމަށް ލޯބިިކުރާ ބައެއް !

  19
  7
 8. ލަދުން ބޯހަލާކު

  ލަދެއްވެސް ނުގަތްދޯ ދިހަ އަހަރު ދުރުގައި އުޅެފަ މަޝްހޫރުވީމަ އައިސް އަމާގާ ބައްދަން
  ..... އަމާވެސް ހަމަ ހިތް ހެވީ.... އަމައިން ހަމަ ރަނގަޅޭ ބުނެވޭނީ.......

  19
 9. ސަޓޯ

  ލަދުހަޔާތް ކުޑަ އިންޑިއާ ދަރި... އަންމައަށް ލާރިއެއް ލިބޭނެކަން އެނގުނީމަ އަވަހެއްނު މަންމަ ފެނުންލެއް !!