އިންޑިއާގެ ބޮލީވުޑުން ޕާކިސްތާނުގެ ލަވަތައް ކޮޕީކުރާކަމަށް ޕާކިސްތާނުގެ އެކްޓްރެސް މެހްވިޝް ހަޔާތު ބުނެފިއެވެ.

ހަޔާތު އަކީ ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސްއެކެވެ. ހަޔާތު މިހެން ބުނީ ބޮލީވުޑުން ދާދިފަހުން ރިލީޒްކުރި އާލިއާ ބަޓްގެ ޕަންޖާބީ ލަވަ، "ޕްރާޑާ" އަކީ ޕާކިސްތާނު ލަވައެއްގެ ކޮޕީއެއް ކަމަށެވެ.

އެލަވައަކީ ޕާކިސްތާނު ލަވައެއް ކަމުގައިވާ ގޮރެ ރަންގް ކަ ޒަމާނާ މި ލަވައިގެ ކޮޕީއެއް ކަމަށް ވެސް ހަޔާތު ވަނީ ފާހަގަކޮށްފައެވެ.

ހަޔާތު ބުނެފައިވަނީ ބޮލީވުޑުން ޕާކިސްތާނުގެ ލަވަތައް ވަގަށް ނަގަނީ ކަމަށެވެ. މީގެ އިތުރުން، ނެޓްފްލިކްސް އަށް އަންނަން ތައްޔާރުވެފައިވާ ޝަހްރުކްގެ "ބަރޑް އޮފް ބްލަޑް" އަކީ ވެސް އެންޓިޕާކިސްތާން ޕްރޮޖެކްޓެއް ކަމަށް ވެސް ހަޔާތު ވަނީ ބުނެފައެވެ.

"މި ކަންކަން ކުރަން ލިބޭ އެންމެ ކުޑަކުޑަ ފުރުސަތުގެ ބޭނުން ވެސް ބޮލީވުޑުން ކުރޭ ކޮޕީރައިޓްގެ މާނަ ބޮލީވުޑަށް ނޭންގޭ" ހަޔާތު ވަނީ ފާހަގަކޮށްފައެވެ.

ހަޔާތު ފިލްމީ ދާއިރާ އަށް ނިކުތީ 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމަކުންނެވެ. އެގައުމުގެ ގިނަ ޑްރާމާތަކަކުން ވެސް ހަޔާތު ވަނީ ފެނިފައެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންޑިއާގެ ފިލްމުތަށް ޕާކިސްތާނުގެ ސިނަމާ ތަކުގައި ދެއްކުން މިހާރު ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން އިންޑިއާއިން ވެސް ވަނީ ޕާކިސްތާނުގެ ތަރިންނަށް ބޮލީވުޑުން ފުރުސަތު ހަނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    އިންޑިއާ އެއީ ބަލާއެއް !

    28
  2. ފ

    މުޅި ދުނިޔެއަށް ވެސް ބަލާ ފޯރުވާ ބައެއް

    23