ދުނިޔޭގެ އެކި ހިސާބުތަކުގައި އާދަޔާ ހިލާފް ސަރަހައްދު ތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގެ މައުލޫމާތު އަހަރުމެންނަށް އެނގެނީ ވަރަށް މަދުންނެވެ. މީގެ ތެރެއިން ތަނެއްގެ ވާހަކަދައްކާލަން އެބަ ޖެހެއެވެ.

މިއީ އިތިޔޯޕިޔާގެ ސަހަރާއެއްގެ މެދުގައި އޮންނަ ފެހި ގަދަ ކުލައިގެ އެސިޑް ފެންގަނޑެކެވެ. މިތަނަށް އެސިޑް ޕޫލް ވެސް ކިޔާ އުޅެއެވެ. މިއީ ވަރަަށް އާދަޔާ ހިލާފް ތަނެއް ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ދުނިޔޭގެ އެންމެ ހޫނު ގަދަ އަދި ގޮތް ނޭގޭ ސަރަހައްދުތަކުގެ ތެރެއިން "ގޭޓް ވޭ ޓް ހެލް" ގެ ނަމުން ނަންދީފައިވާ މި ސަހަރާގެ މެދުގައި މިވާ ފެހި ކުލައިގެ ފެންގަނޑުވެސް އުފެދުނީ ހޫނުގެ ސަބަބުނެވެ.

ވަރަށް މަދުން ވާރޭވެހޭ މި ސަހަރާގެ ފިނި ހޫނު މިން އާންމުކޮށް ހުންނަނީ 45 ޑިގްރީގައެވެ.

އަލިފާން ފަރުބަދަ ތަކެއް ގިނަ އަދަދަކަށް ހުންނަ މި ސަރަހައްދުގައި ދިޔާ އަލިފާން ބިމުގެ އަޑި އަރައެވެ. މިގޮތަށް އަރާ އަލިފާން މައްޗަށް އެރުމާއި އެކު ފިނިވެ ޕެޓާން ތަކަކަށް ހަރުވެއެވެ.

ވަރަށް ކުރިން މި ސަރަހައްދަކީ ލޮނުގެ ފަރުބަދަ ތަކެއް ހުރި ސަރަހައްދެެއް ކަމުގެ ނިޝާންތަށް ވެސް މި ސަރަހައްދުން ވަނީ ފެނިފައެވެ.

ބައެެއް ދިރާސާ ކުރާ ޓީމުން ތަކުން ބުނާ ގޮތުގައި މި ގޮތަށް އަރާ ދިޔާ އަލިފާން ގިނަ ދުވަސްވެ ފެހި ކުލައިގެ އެސިޑަށް ބަދަލުވެއެވެ. މި ސަހައްދަކީ ވަރަށް މަދުން މީހުން އައިސް އުޅޭ ސަރަހައްދެކެވެ.

ފަތުރުވެރިކަމަށް މި ސަރަހައްދު ހުޅުވާ ނުލަނީ މި ސަރަހައްދަކީ އެހާ ރައްކާތެރި ސަރަހައްދަކަށް ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު