ކަރީނާ ކަޕޫރްއަކީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ އެއް ތަރިއެވެ. އޭނާ ރީތިކަމާއި އެއްވަރަށް އޭނާގެ ހިތުން ޖާގަ ލިބޭތޯ އެތައް ބައެއްގެ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެންމެ ފަހުން އޭނާ ކައިވެނިކޮށްފައި ވަނީ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންއާއެވެ. އެހެން ނަމަވެސް ސައިފް އަކީ ކަރީނާގެ އެންމެ ފުރަތަމަ ކްރަޝްއެއް ނޫނެވެ.

ކަރީނާ މި ވަނީ އޭނާގެ އެންމެ ފުރަތަމަ ކްރަޝްއަކީ ކާކުކަން ހާމަކޮށްފައެވެ. ކަރީނާ ބުނީ، އެއީ ރާހުލް ރޯއީ ކަމަށެވެ. ރާހުލް ރޯއީ އަކީ މަހެޝް ބަޓްގެ 1990 ވަނަ އަހަރުގެ ފިލްމް އާޝިގީ ގެ އެކްޓަރެކެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދިޔައީ ރާހުލްއެވެ.

ކަރީނާ އޭނާގެ ކްރަޝްއާއި ގުޅުން ހުރި ވާހަކަތައް ކިޔާދީފައި ވަނީ ޑޭންސް ރިއަލިޓީ ޝޯވ ޑާންސް އިންޑިއާ ޑާންސްގައެވެ. އޭނާއަކީ އެ ޝޯވގެ ޖަޖެކެވެ.

އެ ޝޯވގެ ހޯސްޓް ކަރަން ވަހީ ކަރީނާ ކައިރިން އޭނާގެ ފުރަތަމަ ކްރަޝްއަކީ ކާކުތޯ އެހުމުން އޭނާ ބުނީ، ރާހުލްއަކީ އޭނާގެ ފުރަތަމަ ކްރަޝް ކަމަށާއި، އޭނާގެ ފިލްމް އަށް ވަރަަކަށް ފަހަރު ބެލި ކަމަށެވެ.

ކަރީނާ ކަޕޫރްއަކީ ބޮލީވުޑްގެ އެންމެ ހިޓް ފިލްމްތަކުން ފެނިގެން ދިޔަ ތަރިއެކެވެ. އަދި ކުރިއަށްވެސް އޭނާގެ ވަރުގަދަ ފިލްމްތަކެއް އެބަހުއްޓެވެ.