ވައި ބޭރުވުން، ނުވަތަ ފޮޑި ޖެހުމަކީ ކޮންމެ މީހަކަށް ވެސް މެދުވެރިވާ ހާލަތެކެވެ. ފޮޑީގެ ވަހަކީ ނުބައި ވަހަކަށްވެފައި، ފޮޑީ ޖެހުމަކީ ގިނަ ބަޔަކު ލަދުވެތިވާ ކަމެއްވެސް މެއެވެ. ހަށިގަނޑުން ބޭރުވާ ގޭހުގައި ހިމެނެނީ ވިހަ މާއްދާއެއް ކަމުގައިވީ ނަމަވެސް މި މާއްދާގެ ސަބަބުން ބަލިތަކުން މީހާ ރައްކާތެރިކޮށްދޭ ކަން ކުރީގެ ދިރާސާތަކުން އެނގެން އޮވެއެވެ.
ހަށިގަނޑުން ބޭރުވާ ގޭހުގައި ހިމެނޭ އާ މާއްދާއެއް ކަމަށް މި ދިރާސާތަކުގައި ފާހަގަކުރެވިފައިވާ މާއްދާއަކީ އަވަހަށް މުސްކުޅިވުމާއި، ހިތުގެ ބަލިތަކުގެ އިތުރުން ސްޓްރޯކް ޖެހުމާއި ހަކުރު ބަލި އަދި އާތްރައިޓިސް ފަދަ ބަލިތަކުން މީހާ ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.
ހަށިގަނޑުން ބޭރުވާ މި ވަޔަކީ ފައިދާކުރަނިވި ވައެއް ކަމަށް ކުރީގެ ދިރާސާތަކުން ހާމަވެފައި ވަނިކޮށް، އަނެއްކާވެސް ފޮޑީގެ ދިރާސާއަކުން އޭގެ ފައިދާ މިވަނީ ހާމަކޮށްލާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެކްސެޓާ އިން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ، ދެމަފިރިން އެކުގައި އުޅޭ ވަގުތު ފިރިމީހާ ފޮޑި ޖެހުމުން އަނބިމީހާގެ އުމުރު ދިގުވާ ކަމަށެވެ.
މި ދިރާސާގައި އުމުރު ދިގުވުން މާނަކޮށްފައިވަނީ، މަރުވާން މެދުވެރިވާ ހާލަތެއް ދިމާވުމުން މަރުން ސަލާމަތްވުމަކަށް ނޫނެވެ. އުމުރު ދިގުވުން އޭގައި މާނަކުރަނީ ފިރިމީހާގެ ބޭރުކޮށްލާ ފޮޑީގެ ސަބަބުން އަނބިމީހާގެ އުމުރު ކުރުވުމަށް މެދުވެރިވާ ހާލަތްތަކުން އޭނާ ދުރުކޮށް ރައްކާތެރިކޮށްދޭ ކަމެވެ. އެހެންކަމުން މިއީ ފުރާނައަށް ގެއްލުންވާ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ދިރާސާގައި ބަޔާން ކުރެއެވެ.
އެ ދިރާސާގައި ވަނީ، ފިރިމީހާގެ ފޮޑީގެ ވަސް ޖެހުމުން އަނބިމީހާގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވާ ކަމަށެވެ. މީގެ އިތުރުންވެސް އެ ވަހާއި އެކު ހަށިގަނޑަށް ފައިދާކުރުވަނިވި އަސަރުތައް ކުރުވާ އެތައްމާއްދާއެއް އެކުލެވޭތީ މިއީ ސިއްޙީ ގޮތުން ބަލާއިރު ފަރުވާއެއް ކަމަށް ދިރާސާގައި ބުނެއެވެ.
އެހެންކަމުން މި ދިރާސާއިން އެނގޭ ކަމަކީ، އަނބިމީހާގެ ގާތުގައި ހުންނަ ވަގުތު ފިރިމީހާއަށް މާގިނައިން ފޮޑިޖެހުން އެއީ މައްސަލައެއް ނޫން ކަމާއި، އެކަމުގައި ކަންބޮޑުވާންވީ ސަބަބެއް ނެތްކަމެވެ. ގައިމުވެސް މިއީ އަނބިމީހާއަށް ހޯދައިދެވޭ ރައްކާތެރި ކަމަކަށް ވާނެކަން މިވަނީ ހާމަވެފައެވެ.
މިޚަބަރު ކިޔާފަ ފިރިހެނުން ފޮޑިޖަހާނެ ވަރު މަގޭ ހިތަށް އަރަނީ ރޮވޭގޮތްވެސް ވެއްޖެ އަޑު ކަޑައިގެން ނުދާނެ ދޯ
ހާދަ މީރުވަހެކޭ ފޮޑީގަ ދުވަނީ.މަޖަހާ ފޮޑީގަ ދޮވަނީ ރޮނޑުު ކުނިވަސް??
ފޮޑިބެ?
ލޮލް ލޮލް
ދެޖިންސްގެ ހަމަހަމަކަމަށް ގޮވާލާ ޒަމާނެއްގައި ހަދާފައި އޮތް ވަރަށް ތާކުންތާކުނުޖެހޭ ދިރާސާއެއް! ފިރިމީހާ ފޮޑިޖަހައިގެން އަބިމީހާއަށް ފައިދާކުރާނަމަ އަނބިމީހާ ޖަހާ ފޮޑިން ފިރިމީހާއަށް މާ ފައިދާ ކުރާނެ! ކައްކާ ކާންދޭކަށްވެސް ނުޖެހޭނެ! އެ ފުރުޞަތުތައް އަންހެނުންނަށް ހޯދާދޭން ޖެހޭނެ! އަޅެ މިއީ ދޮގެއްތޯ އިވާ ކައިރީގައި އަހާލަބަލަ!
އަންހެނުން ޖަހާ ފޮޑިން ވަސްބެލީމަ ފިރިމީހާއަށް ލިބެނީ ކޮން ފައިދާއެއް
ގަރުދިޔަ އާއި ބަތާ ފްރެސްކޮއްލިބޭނެ
ސަދޫމަށް ބަދަލުވެގެންދާހިނދު މިފަދަ ވިޔާނުދާ އެތައްކަމެއް މަޖާކަމަކަށް ހަދައި ފައިދާ ކަންކަމަށް ހެދުމަށް އާއްމުކުރަމުންދާނެއެވެ. ޗައިލްޑް އެބިއުޒް ކުރުމާބެހޭގޮތުން އެއީވެސް ހުއްދަ އަދި އެމީހާ ބޭނުންވެގެން ކުރާ ރަނގަޅު ކަންކަން ކަމުގައި މިއަދު އެދަނީ ޔޫރަޕުގައި ވަކާލާތު ކުރަމުންނެވެ. އަޅަމެން މިފަދަ ނުބައި ކަންކަމުން ސަލާމަތް ކުރައްވާށި.