އިންޑިއާގެ މަޝްހޫރު ފިލްމީތަރިއެއް ކަމަށްވާ ސުޝްމިތާ ސެން އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޝްމިތާ ރާއްޖެ އައީ އިއްޔެ އިންޑިއާގެ އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައެވެ. މިމަހުގެ 31 ވަނަ ދުވަހާއި ހަމަައަށް އޭނާ ރާއްޖޭގައި ހުންނާނެއެވެ. ސުޝްމާ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ތާޖް އެޒޯޓިކާ ރިސޯޓްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޝްމިތާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އުމުރުން 10 އަހަރުގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރާށެވެ.

ސުޝްމިތާ އަކީ 1994 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީއެވެ. އޭނާ އަކީ ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު ފުރަތަމަ ހޯދި އިންޑިއާ އަށް ނިސްބަތްވާ މީހާއެވެ.

ރީތީގެ ރާނީގެ މަގާމު ލިބުމުން އޭނާ އަށް ވަނީ ފިލްމީ ދާއިރާ އިން ފުރުސަތު ލިބިފައެވެ. އޭނާ ވަނީ ހިންދީ ފިލްމުތަކުގެ އިތުރުން ތަމަޅަ ފިލްމާއި ބެންގާލީ ފިލްމްތައް ވެސް ކުޅެފައިވެއެވެ.

ފަހަކަށް އައިސް އިންޑިއާގެ ފިލްމީތަރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލް މަންޒިލަކަށް ވަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން ފިލްމީތަރިންގެ ފަރާތުން އިންޑިއާ މީހުންގެ މެދުގައި ރާއްޖެ އިސްތިހާރުވެ، ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ދަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މަންޖެ

  ކުރިންވެސް ތިމީހަކު ރާއްޖެ އައި ޤާސިމް ރިސޯޓްހުރީ އަޅެ ޤާސިމް ކައިރީ އަހާލާ?

  16
  2
 2. ކާސިމް

  ގާސިމް ޝުސްމިތާބުނީ ފެންތައްޓެއް ގެނެސްދެވިދާނެހޯ.. ގާސިމް ޖެހޭނީ އެކަމަކު މިފަހަރު ބަޓްލަރަ ކޮސްޓިޔުމުގަޔޯ އަންނަން.

  15
  2
 3. ނަންނުގަތި

  ކީއްކުރަން އަންނަ މޭކަޕު މާލިތަކެއްތަ؟

  5
  3
 4. މުބީނު

  ގާސިމް ގެނައި ލާރާ. ގާސިމް އަށް އޮޅިގެން ލާރާ ގެ ނަން ކިޔުނީ ލައުރާ އެވެ. އިނގިރޭސި ބަހުން ގާސިމް ބުނީ " ދަ ލައުރާ" އޭ. އެއީ ހެއްވާ ވިކަމަކީ. އަނެއްހެން ހޭން ޖެހޭވަރުގެ ކަމެއް ނޫން. ކޮންމެ މީހަކު ވެސް މިސްޓޭކް ހަދާނެ. އިދިކޮޅު މީހުން ބޮޑުވަރު ކޮށްލީ ގާސިމް ގެ އަގު ވައްޓާ ނަމޭ ހިތާ.

  6
  3
  • ލިން

   ޝުޝްމީތާވެސް ގެނައި އެފަހަރު..

   4
   1
 5. ޒިކް

  ދުނިޔޭގެ ރީތީގެ ރާނީ (މިސް ވޯލްޑް) އެއް ނޫން ޝްޝްއަށް ލިބުނީ.. އޭނާއަށް ލިބުނީ މިސް ޔުނިވަރސް (ކައުނުގެ ރާނީ)ގެ ލަގަބު..

  11
 6. ހުސޭނުބޭ

  އަޅެ އެކޮއި ޤާސިމްބޭ ރިސޯޓަން މިފަހަރު ނުދިޔައީ ކީއްވެ! ޤާސިމްބެ ފޫބުޑުން ނުނައްޓަނީތަ/ އެކަމަކުދޯ ޤާސިމްބެ ވަރަށް ދެރަވާނެ!

  2
  1