ލަންޑަނުގައި، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަޑީ ހަމަލާގެ ޝިކާރައަކަށްވެ އޭނާގެ މަންމަގެ އަތްދަނޑި މައްޗަށް ވެއްޓި މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިއީ މި ކަހަލަ ހާދިސާ ތަކުގައި މަރާލެވުނު 47 ވަނަ ކުއްޖާކަމަށްވެސް އެ ގައުމުގެ ޚަބަރުތައް ބުނެއެވެ.

ޓަނޭޝާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ މަރުވުމުގެ ކުރިން އޭނާގެ ރައްޓެހިން ތަކަކާއިއެކު ގޭގައި ސަކަރާތް ޖަހާ 'ގެޓް ޓު ގެދާރ' އެއްވެސް ހަދާފައިވާ ކަމަށާއި އޭނާ މަގުމައްޗަށް ނިކުތީ ބާރު އަޑު ފަށްގަނޑެއް އިވޭތީ ހަވާ އަރުވަނީ ކަމަށް ހީކޮށްކަމަށް އޭނާގެ މަންމަ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

Social media has been flooded with tributes to the teenager, with many saying she was caught in a needless gang war

 

"އަހަރެންނަށް ވެސް އެ އަޑުފަށްގަނޑު އިވުނީމަ ހީކުރީ ހަވާ އަރުވަނީ ކަމަށް. ދެން ކުލިއަކަށް އަހަރެންގެ ގޭގައި ޓަނޭޝާގެ ބެސްޓްފުރެންޑް ޓަކި ޖަހާފައި އޭނާ ސަލާމަތް ކޮށްދިނުމަށް އެދި ރޯން ފެށީ" ޓަނޭޝާ މަރުވުމުގެ ކުރިން އޭނާއަށް އެހީތެރިވެދިން ގާތް އަވައްޓެރިއަކު މީޑިއާއަށް ހިއްސާ ކުރިއެވެ.

" އަހަރެން ފުރަތަމަ ހީކުރީ ޓެނީޝާ ފިޓް ޖެހުނީ ކަމަށް. ދެން ގަން ޝޮޓް ފެނުނީ މާ ފަހުން. އޭރު ޓެނީޝާ ނޭވާ ލަނީ ވެސް ވަރަށް ލަސްލަހުން." އިތުރަށް އޭނާ ބުނެފައިވެއެވެ.

ޓެނީޝާގެ އެންމެ ފަހު ވަގުތު ކޮޅުގައި އޭނާގެ އާއިލާގެ އެންމެންވެސް އެ ތަނަށް ހާޒިރުވެ ތިބިއިރު، ލަސްތަކެއް ނުވެ މުޅި މީސް މީޑިއާގައިވެސް އެ ވާހަކަ ދައުރުވާން ފެށިއެވެ. އަދި މައުސޫމް ކުށެއް ނެތް ޒުވާން އަންހެން ކުއްޖަކު މަރާލެވުނު އިހާނެތިގޮތް ކުށްވެރިކޮށް ބައެއް މީހުން ވަނީ  މިކަމާ ދެކޮޅަށް އަޑުވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެން ޤައުމު ތަކުގެ ކަންތައްތަކާއި ބެހި އަނގަ އަރުވާނެ މި ގުނބޯތައް

  2. ސީރިޔާގަ މަރާލެވެމުން ދާ ކުދިންނާއި އެބައިމީހުންގެ ނަންތައް ދުނިޔޭގެ އެއްވެސް ބަޔަކަށް އެނގޭތަ؟17 އަހަރުގެ ކުދިންގެ ވާހަކައެއްނޫން މިބުނަނީ ވިހާތާ ދެދުވަސް، 1، 2، 3 އަހަރުގެ މައުސޫމު ކުދިންނާއި އެބައިމީހުންގެ މައިން؟ ރަޝިޔާެިން ނާއި ސޫރިޔާ ސިފައިން އެކަން ކުރާތީ އެ މައްސަލައަކަށް ނުވަނީތޯ؟ ކޮންކަހަލަ ދުނިޔެއްތޯމީ؟