ލަތާގެ ލަވައެއް ބެންގަލްގެރޭލްވޭ ސްޓޭޝަންގައި ކިޔަލުމުން އެތައް ބައެއްގެ ސަމާލުކަން ލިބުނު ރާނޫ މަންޑެލްގެ އަޑުގެ ރީތިކަމުގެ ވާހަކަތައް ނޫސްތަކުގެ ސުރުހީތަކުން ޖާގަހޯދިއެވެ. އޭގެ ފަހުން ދެން އިވިގެން ދިޔައީ ބޮލީވުޑްގެ ސުޕަރ ސްޓަރ ސަލްމާން ޚާން އޭނާއަށް 55 ލައްކަ ރުޕީސްގެ ފްލެޓެއް ގަނެދިން ހަބަރެވެ.

ފަގީރު ކަމުން މަގުމަތީގައި އުޅެން ޖެހިފައިވާ ރަނޫ އަށް ގެއެއް ގަނެދިން ކަމަށް ބުނާ އެ ވާހަކަތައް ދެއްކި ނަމަވެސް، އެކަން ސަލްމާން ކަށަވަރުކޮށް ނުދެއެވެ.

އަދި ރާނޫވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ވާހަކަ މިގޮތަށް ދެކެވެމުން ދަނިކޮށް ރަނޫގެ މެނޭޖަރ ދިން އިންޓަވިއެއްގައި ބުނީ، އެއީ ފޭކް ހަބަރެއް ކަމަށެވެ.

"އަހަރެމެންނަކަށް މައުލޫމާތެއް ނުލިބޭ ސަލްމާން ރަނޫއަށް 55 ލައްކަ ރުޕީސްގެ ފްލެޓެއް ހަދިޔާ ކުރި ހަބަރެއް. އެއީ ދޮގު ހަބަރެއް. އަހަންނަށް ގިނަ ބަޔަކު ގުޅަމުންދޭ އެއީ ތެދު ހަބަރެއްތޯ ބެލުމަށް އެއީ، ހަމަ ދޮގު ހަބަރެއް.". އޭނާ ބުންޏެވެ.

ރަނޫ މިހާރު ހުންނަ ގެއަކީ ރަންގަތް ލޯކަލް އެޑްމިނިސްޓްރޭޝަން އިން ދިން ގެއެއް ކަމަށް ވެއެވެ.

ލަތާގެ އެ ލަވަ ކިޔާއި އާއްމުންގެ ސަމާލުކަން ހޯދުމަށްފަހު މިހާރު ރާނޫ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިރެކްޓަރ ހިމޭޝްގެ ފިލްމް ހެޕީ ހަރްދީ އެންޑް ހީރް އަށް ލަވައެއްވެސް ކިޔާފައެވެ. ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަށް ރާނޫ އާއި ހިމޭޝްގެ ކިޔާދީފައިވާ އެ ލަވައަކީ ތެރީ މެރީ ކަހާނީއެވެ. އެ ލަވަ އަށްވެސް އެތައް ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

އޭގެ ފަހުން ރާނޫއަށް އިތުރު ފުރުސަަތުތަކެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ކޮލްކަޓާ އުފަން އުމުރުން 59 އަހަރުގެ ރާނޫ މޮންޑަލްގެ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހެދުމެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަނޫ

    މި މީހުންނަކީ ބަނޑުފުރާނަ މުއްތިކުރާނެ ކާއެއްޗެއް ނުލިބިގެން އުޅޭ ނިކަމެތިން. ޢެކަމު މިމީހުންގެ ވެސް މެނޭޖަރުން އެބަތިބޭ

    8
    16
    • މުޙައްމަދު

      ގަމާރުކަން. ޚަބަރު ކިޔާބަލަ ރަނގަޅަށް. މިހާރު ރާނު އަކީ ލަވަކިޔާ މީހެއް.

      27
      3
      • ގަމާރުބޮސް

        ދެންމެގައެއްނު ލަވަކިޔަންފެށީ. މިހާއަވަހަށް މެނޭޖަރެއް ސެޓްކުރީމަ އެވާހަކައޭ އެބުނަނީ. ގަމާރީ ކާކުކަން ނޭގުނު މަށަކަށެއް. ކަލޭ ރާނޫއާ ހިތާވީހެން ހާދަހީވެއޭ. ހަމަ މީހަކަށް ރުފިޔާކޮޅެއްލިބޭއިރަށް ހޭބަލިވާތި. މީހުންނަށް "ގަމާރު" ކިޔާފަ މުޙާތަބު ކުރާނީ އެޔަށްވުރެންބޮޑު ގަމާރުން. ސުޕަރ ގަމާރު. ރާނޫގެ ދަރިފަދަ މީހެއްކަލޭތީ. ހަމަ ޔަގީންމަށަށް. ރުފިޔާ ރުފިޔާ .... އަމާ ބަފާބެސް ވިއްކާތި އެހޯދަން. ތީހަމަ ރަސްމީ ސުޕަރ ގަމާރެއް

        7
        13
  2. ވިގަނި

    ކަލޭތީ ގަމާރުބޮސްގެ އައްޕަ

    4
    1
    • ވިގަނީ ކަލޭގެ

      ކޮންކަލޭ ކަލޭއެއްތަ؟ ތީކޮންރަށެއްގެ ގޮލައެއްތަ؟ ރީއްޗަށްވާހަކަ ދައްކަންވެސް ނޭނގޭ ސޮރެއް. ކަލޭ ކަލޭ އޯ. ގޮސް ރަށުމީހުންނާދިމާލަށް ކަލޭކަލޭ ގޮވާބަލަ. ދިސް އިޒް މާލެ. ނޯކަލޭ ކަލޭ. ޔޫ، މީ ނޫނީ އައި ބޭނުންކުރަންދަސްކޮށްބަލަ. އައްޑުމީހުންވެސް މާސަޅިވާނެ ތިރަށުމީހުންނަށްވުރެން.

      2
      16
      • އާހް

        މަރުވީމާ އެންމެންވެސް ދާނީ ފަސްދަށަށް. ކައްވަޅުވެސް އެއްގޮތަކަށް ހުންނާނީ. މަހްޝަރުގެ މައިދާނުގަ އެންމެންވެސް ހަމަހަމަ.

        19
        2