ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭއިރު އެ ގުޅުން ދެމި އޮންނާނޭ ކަމަށް އެންމެންވެސް އުއްމީދު ކުރާނެއެވެ. ނަމަވެސް، ގިނަ ފަހަރަށް ދެމީހުން ދުރުވާން ޖެހޭ ހިސާބަށް އަންނައިރު، ދެމީހުންގެ ވަގުތުތައްވެސް އޮންނަނީ ބޭކާރު ވެފައެވެ. އެހެންކަމުން، ތިގުޅުން ދެމި އޮންނާނެ ކަމުގެ ބައެއް ނިޝާންތައް ކިޔައިދޭނަމެވެ. މިކަންތައް ނުވާނަމަ، މިކަންކަން ރަނގަޅު ކުރުމަށް ސަމާލުކަން ދޭށެވެ. އަދި ގުޅުމުގައި ފެނިގެން ނުވާނެ ބައެއް ކަންކަންވެސް ކިޔައި ދޭނަމެވެ.

ލޯބީގެ ގުޅުމުގެ ސައިންޓިސްޓު އަދި ބޮންމައުތް ޔުނިވާސިޓީގެ ޕްރޮފެސާ އޮފް ސައިކޯލޮޖީ ގޭރީ ލެވަންޑޯސްކީ ބުނާގޮތުން މިކަންކަމަށް ވިސްނައިގެން އުޅޭނަމަ، ތި ގުޅުން ދެމި އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދެ ލޯބިވެރިން އެކުގައި ހިނގާލަން ދަނީ

1 ތިމާގެ ލޯބިވެރިޔާ ތިމާ ރަނގަޅު މީހަކަށް ވުމަށް އެހީތެރިވެދޭތަ؟ އަދި ތިމާވެސް ލޯބިވެރިޔާ އަށް އެގޮތަށް ކަންތައް ކޮށްދެންތަ؟

2 ފަސް ޖެހުމެއް ނެތި ދެ މީހުންގެ ވާހަކަތައް އެކަކު އަނެކަކާއި ހިއްސާ ކުރެވޭތަ؟ އަދި ލޯބިވެރިޔާ ތިމާ ދޫކޮށް ގޮސްދާނެ ކަމާއި މެދު ކަންބޮޑު ނުވެ ހުރެވޭތަ؟

3 ގުޅިގެން އުޅޭ ބައިވެރިޔާ ބަދަލު ކުރަން މަސައްކަތް ނުކޮށް، މިނިވަންކަން ދީގެން އުޅެވޭތަ؟

4 މައްސަލަ އެއް ޖެހުމުން ދެމީހުން ރުޅި އިސްނުކޮށް، ނެގެޓިވް ނުވެ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރެވޭތަ؟

5 ކަމެއްގައި ގޮތެއް ނިންމުމަށް ދެމީހުން އެކުގައި މަޝްވަރާ ކޮށްގެން ދެމީހުންނަށްވެސް ހަމަހަމަ ކަމާއި އެކު ބާރު ދީގެން އުޅެވޭތަ؟

6 ތިމާގެ ލޯބިވެރިޔާ އަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާތަ؟ އަދި ތިމާ އަކީ އޭނާގެ ބެސްޓު ފްރެންޑުތަ؟

7 ދެމީހުން ވާހަކަ ދައްކާއިރު. "އަހަރެން" މިގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި "އަހަރެމެން" ކިޔައިގެން ވާހަކަ ދެއްކޭތަ؟

8 ދެމީހުންގެ މީސް މީޑިއާ އެކައުންޓު ތަކާއި ބޭންކް އެކަންޓުގެ ޕާސްވޯޑުތައް ހިއްސާ ކުރެވޭތަ؟

9 ދެމީހުންގެ އެކުވެރިން ތި ގުޅުމަށް ތާއިދު ކުރޭތަ؟ އަދި ތި ގުޅުން ދެމި އޮންނާނެ ކަމަށް އެމީހުން ގަބޫލު ކުރޭތަ؟

10 ތި ގުޅުމުގައި އެކަކު އަނެކަކު މަކަރު ހެދުމުގެ ޝައްކުތަކާއި މައްސަލަތައް އުފެދޭތަ؟

11 ތިމާގެ އުފަލަށްޓަކައި ލޯބިވެރިޔާ އެއްވެސް ޝަކުވާ އެއް އަދި މައްސަލަ އެއް ނުޖައްސައި އޭނާގެ ކަންކަން ގުރުބާން ކުރަން ތައްޔާރުތަ؟

މި ކަންކަމުގެ ތެރެއިން ކުރަން ޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން ތިމާ އަށް ވަކިކުރެވޭނެއެވެ. އެހެންކަމުން ތި ގުޅުން އަބަދަށް ދެމި އޮންނަން ބޭނުންނަމަ މިކަންކަމަށް ވިސްނާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަގާޕް

    ތިޔަ ދައްކަނީ އައިޑިއަލިސްޓިކު ވާހަކަތަކެއް.. ލޯބި އައިޑިއަލިސްޓިކް ކުރުމަކީ ވަރައްގިނަ ފުރާވަރު ކުދީން އެކަމުގެ ސަބަބުން ބޮޑެތި ނަފްސާނީ މައްސަލަތަކާއި ކުރިމަތިކުރުވާކަމެއް. ރިއަލިސްޓިކް ރިލޭޝަންޝިޕްތަކަކީ ޕާފެކްޓު އެއްޗެއްނޫން.. އަދި ހެޔޮ ރިލޭޝަންޝިޕަކީ ކޮންމެހެން ތިބުނާހާ ސިފަތަކެއް ހުންނަންޖެހޭ އެއްޗެއްވެސް ނޫން.

    20
    2
  2. ހށ

    ޙަމަ އެއްވެސް މީހަކު ބައިވެރިޔާ އަށް ޕާސްވޯޑް ތައް ނުދެން ނަސޭހަތްތެރިވަން. ޢަޅުގަނޑުގެ ނަމުގައި ފޭސްބުކް އެކައުންޓް ހަދައިގެން 3 އަހަރު ވަންދެން ފިރިހެނުންނާއި ޗެޓްކޮށް ތަފާތު ގޮތްކުޑަ ސައިޓް ތަކަށް ވަދެ ފާފަތައް ކުރީ އިނދެގެން އުޅުނު ފިރިމީހާ. މިއީ ދީންވެރިކަމުގެވެސް އެންމެމަތީގަ އުޅޭ މީހެއްމމާލެ އަތޮޅު. ސްކޫލެއްގެ އެޑްމިނިސްޓްރޭޓަރެއް. ޢަމިއްލަ ރެސްޓޯރެންޓެއް ހިންގަނީ އަހަންނާއި އިނދެގެން އުޅުނުއިރު ނެގި ޖޮއިންޓްލޯނެއްގެ އެހީގަ. ޢޭގެ ހުރިހާ މަންފާއެއް ނަގަނީ އޭނަ. ލޯނު ނެގީ ގެ ހަދަން. ފެށީ ވިޔަފާރި. ބޭންކު ތަކުންވެސް އެބަ ޖެހޭ މިކަމާ ވިސްނަން.

    15
  3. މި

    މި ހުރިހާ ސުވާލަކަށް ވެސް މަ ބުނާނީ ނޯ.

    12