އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމުގައި ވާއިރު، އޭނާ ތައުރީފް ކުރި އޭނާގެ އަމިއްލަ ހޮޓަލެއް ތެރެއިން އިންސްޕެކްޓަރުންނަށް ކުރައްޕާއި މީދާ ފެނިއްޖެއެވެ.

އަންނަ އަހަރުގެ ޖީ7 ސަމިޓް ޓްރަމްޕުގެ ގޮލްފް ރިސޯޓު ހޮޓެލުގައި ބާއްވަން އޭނާ ބޭނުން ވެފައިވާ މިދަނޑިވަޅުގައި މިވަނީ 2016 ވަނަ އަހަރު އެ ހޮޓެލުގެ ސާފްތާހިރު ކަމުގެ މައްސަލަތަކެއް ފެންމަތިވެފައެވެ. އެ ހޮޓެލުގައި ހުރި ގެސްޓަކު އެނދުގައި ނިދާފައި އޮއްވާ އެ އެނދުގައި އަޅާފައި ހުރި ކުދި ސޫފިތަކެއް ވަނީ އެ މީހާ މުޅި ގައިގައި ދަތް އަޅައި، އިތުރު އަނިޔާތައްވެސް ކޮށްފައެވެ. މިކަމުގެ ސަބަބުން ހޮޓަލާއި ދެކޮޅަށް އެ މީހާ ދައުވާވެސް ކޮށްފައި ވެއެވެ.

ޓްރަމްޕް ރީތިވެގެން އުޅޭ އޭނާގެ ރިސޯޓް ހޮޓަލް

 

ޓްރަމްޕް އޮގަނައިޒޭޝަން އިން ފްލޮރިޑާގައި ހުންނަ ޑޯރަލް ރިސޯޓް ހޮޓެލުގައި އެހެން ނުވާކަމަށް ބުނި ނަމަވެސް، 2017 ވަނަ އަހަރު އެ މައްސަލައިގައި ދައުވާ ކުރި މީހާ އަށް ބަދަލު ދީފައިވެއެވެ.

ޓްރަމްޕް ބުނާ ގޮތުން 643 ކޮޓަރި ހުންނަ މި ހޮޓަލުގައި އަންނަ އަހަރުގެ ސަމިޓް ބޭއްވުމަށް އެންމެ ރަނގަޅު ތަނެވެ. އެއީ އެތާ ކައިރީ އެއާޕޯޓެއްވެސް އޮންނާތީއެވެ. އެހެން ނަމަވެސް، މީގެ ކުރިން އެ ހޮޓެލް އިންސްޕެކްޓް ކުރަން އައި މީހުންނަށް އެތަނުގެ ބަދިގެ އިންނާއި ކޮޓަރިތަކުންވެސް ކުރަފިތަކަކާއި މީދާ ފެނުމުން އެތަން ވަނީ ވަގުތީގޮތުން ބަންދުވެސް ކޮށްފައެވެ.

ބޮޑު ގޮލްފް ކޯސް އަކާއި އެކު ހަދާފައިވާ ޓްރަމްޕްގެ ރިސޯޓް ހޮޓަލް

މީގެ އިތުރުންވެސް، ސާފުތާހިރު ކަމުގެ އެތައް މައްސަލައެއް ކުރިމަތިވެފައިވާ މި ހޮޓެލުގައި ދުނިޔޭގެ އެންމެ އިސްވެރިން ބައިވެރިވާ ޖީ7 ސަމިޓް ބާއްވަން ޓްރަމްޕް މަސައްކަތް ކުރުމުން އެތައް ބަޔަކު އަންނަނީ އެކަމަށް "ޖޯކު" ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީދާ&ކުރަފި

    ތިވާނީ އޭނަ ސިއްރުން މީދަލާ ކުރަތްޕާ ކަނީކަމަށް އެހެންވެ އެހާ ބޯ ގޯހީ

    18
    • މަކިނބޫ

      މީދަލާ ކުރަފީގެ ހައްގުގަ ޓްރަމްޕާ ދެކޮޅަށް ކޯޓަށް

      15