ބައެއް މީހުންނަކީ އެމީހުންގެ މޮޅުކަމާއި އެމީހުންގެ ކުޅަދާނަކަން ދައްކަން ކޮންމެ ފަދަ ކަމެއް ވެސް ކުރާ ބައެކެވެ. އެހެން މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ފުރާނައަށް ކުރިމަތިވާނެ ނުރައްކަލަކަށް ނުބަލާ މިފަދަ މީހުން ކުރާ ކަންތައްތަކުން ގިނަ ފަަހަރަށް ލަނޑު ލިބެއެވެ.

މިފަހަރު ވެސް މިއޮތީ އެފަދަ ހާދިސާއެއް ހިނގާފައެވެ.

ބަޑި ގެންގުޅުމުގެ ސަބަބުން ތަފާތު ހާދިސާތައް ހިނގުން އިންތިހާއަށް އިތުރު އެމެރިކާގައި ފޭސްބުކް އިން ލައިވް ކުރަމުން ތިން ރަހުމަތްތެރިންގެ ތެރެއިން މީހަކު ފިސްތޯލައެއް މީހުންނަށް ދައްކާ އޭނާގެ މޮޅުކަމާއި ކުޅަދާނަ ކަމުގެ ވާހަކަ ދައްކަމުން ދަނިކޮށް މިވަނީ ބޮލަށް ވަޒަން އަރައިގެން މަރުވެފައެވެ.

މިހާދިސާ ހިނގީ އެމެރިކާގެ ޕެޓްރޯލް ޝެޑެއްގެ ކައިރީގައެވެ. ވަޒަން އެރުމުން މަރުވެފައި ވަނީ ޒުވާން އުމުރުގެ ފިރިހެނެކެވެ. އޭނާގެ އިތުރު ތަފްސީލެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވަޒަން އެރުމާއި އެކު އޭނާ ވަނީ މަރުވެފައެވެ.

މިހާދިސާ އާއި ގުޅިގެން ހާދިސާ ހިނގި އިރު އޭނާގެ ކައިރީގައި ތިބި ދެއެކުވެރިން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަރުވި މީހާގެ ލޯބިވެރިޔާ ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބެ

    ބޭހާއި ނުކުޅޭތި ބަނޑި
    ނޭގިހުއްޓާ އަދައިދާނޭ
    ގޭމަކޮޔާ ފިހިދާނޭ.