މަންމައަށް 100 އަހަރު ފުރުމާއި ގުޅިގެން އުފަން ދުވަސް ފާހަގަކުރަމުންދަނިކޮށް 75 އަހަރުގެ ދަރިފުޅު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ އަވަށެއްގައެވެ.

ގްލެޑީސް ޑީސައުޒާގެ އުފަން ދުވަސް ފާހަގަކުރަމުންދަނިކޮށް މަރުވެފައި ވަނީ ގްލޯރިއާއެވެ. ގްލޯރިއާއަކީ ކެނެޑާގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާ މަންމަ އުޅޭ ގައުމަށް ގޮސްފައި ވަނީ މަންްމަގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ބެލެވޭގޮތުގައި ގްލޯރިއާ މަރުވެފައި ވަނީ އުފަން ދުވަހުގެ ހަފްލާގެ ތެރެއިން މާ ބޮޑަށް މަޖާ ކުރުމުން އޭނާގެ ސިއްހަތަށް އެކަމުގެ ސަބަބުން އަސަރު ކުރުމުންނެވެ.

ގްލޯރިއާ މަރުވުމުގެ ކުރިން ކޭކުވެސް ފެޅިއެވެ. އަދިި މަންމައާ ގުޅޭ ގޮތުން ކުޑަކޮށް އާއްމުންނާއި ވާހަކަވެސް ދެއްކިއެވެ.

ގްލޯރިއާގެ ކުއްލި މަރާއެކު, އެ އާއިލާ ތިބީ ފުން ހިތާމައެއްގެ ތެރޭގައެވެ. މަންމައަށް 100 އަހަރުވީ އުފަލާއި މަޖަލުގައި ހޭދަ ކުރަމުންދަނިކޮށް މަރުވީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގްލޯރިއާގެ ހަށިގަނޑު ވަޅުލުމަށް ގެންދާނީ ކެނެޑާއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މ

    މާތްﷲ ޙަޒްރަތައް އެނބުރި ދިޔުންވަނީ. މަޖާ ނުކުރުން ބުއްދިވެރި މި އިމްތިހާނުގެ މަންޒިލްގާ. އިބުރަތް ހާސިލް ކުރަމާ

  2. ބޭބެ

    މަންމަގެ އުފަންދުވަހުގެ ޕާރޓީއާއި ދަރިފުޅުގެ ޖަނާޒާގެ ޕާރޓީ ތިޔަވީ އެއްޕާރޓީއަކަށެވެ. އުފާ ފާޅުކުރަނީ ކޮންކަމަކާއިހެދިހެއްޔެވެ. އިންސާނުންނަށް އެމީހުންގެ ކަންތައްތައް ވާންއުޅޭގޮތް އެގޭނަމަ މިގޮތަށް އުފާފާޅުކޮށް ނުހަދާނެވެ. މުސްލިމުން އުފަންދުވަސް ފާހަގަ ކުރުން ހުއްދަނޫން ކަމަށް ޢިލްމްވެރިން ބުނުއްވައެވެ.

  3. އެއްމެން

    އުފަންދުވަސް ފާހަގަކުރުމަކީ ކުރަން ރަނގަޅުކަމެއް ނޫންކަމަށް އަބަދުވެސް ގަބޫލުކުރެވޭ. އެކަމަކު އެމުނާސަބަތުގެ ތެރޭގައި މިކޮތަށް މީހަކު މަރުވި އަޑު އިވުނު ފުރތަމަ ފަހަރު މިއީ!