ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫންކަމަށް ދިވެހިން ވަރަށް ކުރިން ސުރެ ބުނެ އުޅެއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގެ އެންމެ ވެސް ގަބޫލުކުރާ ހަމައަކީ ނަސީބަކީ ވަކި މީހަކު ދޭ އެއްޗެއް ނޫނެވެ. އެއީ ގަދައަޅައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެކަމުގެ ހެއްކަކަށް މިހާދިސާ ފުދެއެވެ.

އެމެރިކާގެ ޓެކްސަސްގެ މައިކަލް ބްރަައުންގެ އުމުރަކީ 17 އަހަރެވެ. ބްރައުންގެ މަންމަ އާއި އޭނާ އަށް ކިޔަވައިދޭ ޓީޗަރުން ވެސް އަދި އެކުވެރިން ވެސް ބުނާ ގޮތުގައި ބްރައުން އަކީ ކިޔެވުމަށްޓަކައި ބުރަ މަސައްކަތް ކުރާ އެހެން މީހުންނަށް އެހީތެރިވެދޭ ނަމޫނާ ޒުވާނެކެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ކިޔެވުމަށާއި އެހެން މީހުންނަށް އެހީތެރިވުމަށެވެ. އެކަމުގެ ނަތީޖާ ވަރަށް ފޮންޏެވެ.

ހައި ސްކޫލް ނިންމާ މަތީ ތައުލީމް ފަށަން ބްރައުން ތައްޔާރުވެފައި ވާއިރު ކިޔެވުމުގެ ހުރިހާ ޚަރަދެއް އޭނާ އަށް ވަނީ ސްކޮލަޝިޕެއްގެ ދަށުން ލިބިފައެވެ. ނަން މަޝްހޫރު 20 ޔުނިވަސިޓީގެ ތެރެއިން އޭނާ ބޭނުން ކޮންމެ ވެސް ޔުނިވަސިޓީ އަކުން ބޭނުން އެއްޗެއް އެއްވެސް ޚަރަދެއް ކުރުމެއް ނެތި އޭނާ އަށް މިހާރު ވަނީ ލިބިފައެވެ.

ބްރައުންއަށް ވަނީ ހަވާޑް އާއި ޔާލް ފަދަ ދުނިޔެ އަށް މަޝްހޫރު ޔުނިވަސިޓީތަކުގެ ތެރެއިން އޭނާ ކިޔަވަން ބޭނުން ޔުނިވަސިޓީ އަކުން ކިޔެވުމުގެ ފުރުސަތު ލިިބިފައެވެ. ކިޔަވަން ދާނެ ޔުނިވަސިޓީ އެއް ބްރައުން އަދި ނުނިންމައެވެ.

ބްރައުން އަށް މިފުރުސަތު ލިބުނީ އެމާޖް ނަމަކަށް ކިޔާ ސްކޮލަޝިޕެއް ލިބިގެންނެވެ. އެސްކޮލަޝިޕް އޭނާ އަށް ލިބިފައި ވަނީ އޭނާ ސްކޫލްގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ.

ބްރައުން ބުނީ އޭނާ އަށް މިސްކޮލަޝިޕް ލިބުމުން ހިތައް އެރީ ގަދަ އަޅައި ބުރަ މަސައްކަތް ކުރާނަމަ ނަސީބު އަތުގައި ހިފާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މިއީ އަކީ ނަސީބެއް ނޫން ދޯ؟ މިއީ މީހަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ.