އިންޑިޔާގެ އެންމެ މަޝްހޫރު ކޮމީޑިޔަނުންގެ ތެރޭގައި ގުނާލެވޭ ކަޕިލް ޝަރުމާ، އޭނާގެ އައު ޝޯވ ގެ ނަން އިޢުލާންކޮށްފިއެވެ. އޭނާގެ އައު ޝޯވގެ ނަމަކަށް ހަމަޖައްސާފައި ވަނީ "ފެމިލީ ޓައިމް ވިތް ކަޕިލް ޝަރުމާ" އެވެ.

އެކި ޗެނަލުތަކުން ދެއްކި ކޮމެޑީ ނައިޓް ޝޯވއިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާ، ފަހުން ބޮލީވުޑުގެ ފިލްމުތައްވެސް ކުޅެފައިވާ ކަޕިލްގެ މި ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ ޓީވީ އިންނެވެ.

ކޮމެޑީ ނައިޓުގައި ދިމާވި މައްސަލަތައް ހަނދާން ނައްތާލުމަށްފަހު، އައު ޝޯވ އެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވަމުންދާއިރު، މި ޝޯވ ގައި ފެނިގެންދާނީ، އާއިލާގެ މެންބަރުން އެއް މެންބަރަކު އަނެއް މެންބަރަކާ، މަޖާ ގޭމުތަކާއި އެނޫންވެސް ހަރަކާތްތަކުގައި ވާދަކުރާތީކަމަށް "މިޑް ޑޭ" އިން ބުނެފައިވެއެވެ.

މި ޝޯވގައި ކަޕިލްގެ އިތުރުން ކިކޫ ޝަރްދާ އާއި ޗަންދަން ޕްރަބާކަރު ފެނިގެންދާއިރު، ޝޯވ ސީދާ ބެލުންތެރިންނާ ހަމައަށް އަންނާނޭ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު