އިންޑިއާގެ ހުޅަނގުގައި އޮންނަ ބެންގާލްގެ ރަނަގަތް ރެއިލްވޭ ސްޓޭޝަންގައި ރީތި ލަވައެއް ރީތި އަޑަކުން ކިޔައިގެން އެންމެންގެ ސަމާލުކަން ހޯދި ރާނޫ މަންޑޯލް އަކީ މިހާރު އިންޑިއާގެ އެންމެ މަޤުބޫލު "ތަރި" އެވެ. މުޅި ހަޔާތް ބަދަލުކޮށްލި އާދައިގެ ވީޑިއޯއަކުން އޭނާގެ ކަޅާއި ހުދުގެ ދިރިއުޅުމުގައި ވަނީ ކުލަ ޖެހިފައެވެ.

ރާނޫ ވަނީ، އޭނާގެ ކާމިޔާބީ އާއި ބެހޭގޮތުން ދެއްކި ވާހަކަތަކުގެ ތެރެއިން މާޒީގެ ސަފުޙާތައް އެންމެނާއި ޙިއްސާކޮށްފައެވެ. އެގޮތުން މީގެ ކުރިން އުޅުނު ނިކަމެތި ހާލާއި، ދުނިޔެ ދެކެ އޭނާ ފޫހިވެ ގޮތް ހުސްވެފައިވީ މިންވަރު ކިޔައިދީ ގިނަ ބައެއްގެ ހިތްތަކާއި އޭނާ ވަނީ ކުޅެލާފައެވެ.

ރާނޫ ބުނާގޮތުގައި، ފިރިމީހާ ދުނިޔޭގައި ހުރިއިރު އޭނާ ކުރިން މަސައްކަތް ކުރަމުން އައީ ބޮލީވުޑްގެ ތަރި ފީރޯޒް ޚާން ގެ ގޭގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. ފިރިމީހާވެސް އޭރު މަސައްކަތް ކުރަމުން އައީ އެގޭގެ ކައްކާ މީހެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. ފީރޯޒް ޚާން އަކީ ބޮލީވުޑްގެ ތަރި، ފަރީދް ޚާންގެ ބައްޕައެވެ. އޭރު ފަރީދް ޚާން އަކީ ކިޔަވަންދާ ކުއްޖެއް ކަމަށާއި، އެ ދުވަސް ވަރަށް ރަނގަޅަށް ހަނދާން ހުރި ކަމަށް ރާނޫ ބުނެއެވެ.

ރާނޫ ބުނެފައިވާގޮތުގައި އޭނާގެ ދެމަފިރިންނަށް ފީރޯޒް ޚާންގެ އާއިލާއިން ވަރަށް ކަމޭހިތާފައި ވާކަމަށެވެ. އަދި އެއްވެސް އިރެއްގައި އެއީ މަސައްކަތު ބަޔަކަށް ވުމުން ދަށްކޮށްލާ، އިހާނެތިކޮށް ކަންތައް ކޮށްފައި ނުވާކަމަށާއި، އެމީހުން ދެކެމުން އައީ ރާނޫ އާއި އޭނާގެ ފިރިމީހާ އަކީވެސް އެ އާއިލާގެ ބައެއްގެ ގޮތުގައި ކަމަށެވެ. މިކަމަށްޓަކައި ރާނޫ ވަނީ ފީރޯޒްގެ އާއިލާއަށް ޝުކުރު އަދާކޮށްފައެވެ.

ފިރިމީހާ މަރުވިފަހުން ރާނޫ ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތަކީ، ރެއިލްވޭ ސްޓޭޝަންތަކާއި މީހުން ގިނައިން އެއްވާ ތަންތަނުގައި ލަވަކިޔައިދިނުމެވެ. މީހަކު ދިއްކޮސްލާ ކާއެތިކޮޅެއް ކައިގެން ބަނޑުފުރާލައިގެން އޭރު ހުރި ރާނޫ މަޝްހޫރު ތަރިއަކަށް ވެގެން ދިޔައީވެސް އެގޮތުން އޭނާ ބެންގާލުގެ ރެއިލްވޭ ސްޓޭޝަނެއްގެ ތެރޭގައި ހުރެ ކިޔާލި ލަވައެއްގެ ވީޑިއޯއެއް އާންމު ވުމުންނެވެ.

މި ވީޑިއޯއަސް އެތައް މިލިއަން ބައެއްގެ ނަޒަރު ހުއްޓިފައި ވާއިރު، ވީޑިއޯ ދެދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި 59.7 ހާސް މީހުން ވަނީ މި ލަވަ ޝެއާ ކޮށްފައެވެ. މި ވީޑިއޯ އެތައް ބައެއްގެ ސަމާލުކަމަށް އައި ފަހުން މިހާރު މިއުޒިކް އަލްބަމް ތަށް ހެދުމަތް އެތަށް ކުންފުނިތަކަކުން އޭނާ އަށް ހުށައެޅުތަށް ލިބެމުން ދެއެވެ.

އުމުރުން 59 އަހަރުގެ "ގެއްލިފައިވީ" ކުޅަދާނަ މި ލަވަކިޔުންތެރިޔާ އަކީ، ކުރިން ފަޤީރު ހާލުގައި ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    މިހާރު ހުރީ ދުބާއީގަފިލްމެއްގެ ރޯލެއް ކުޅުމަށް ގޮސް. ސަލްމާންހާނާ އެކު

    8
    16
  2. ފީރޯޒް

    މަގޭ ދަރިޔަށް ކިޔަނީ ފަރުދީން ހާން.. ފަރީދްއެއް މަ ނުދަންނަން

    8
    3