ބޮލީވުޑްގެ އެންމެ ކުޅަދާނަ ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރްއަކީވެސް ގިނަ ސަޕޯޓަރުން ތިބެއެވެ. މިއީ އޭގެ ތެރެއިން އަކްޝޭ ދެކެ މާބޮޑަށް ލޯބިވާ ފޭންއެއް ކަމަށް ވެދާނެއެެވެ. އޭނާ ވަނީ އަކްޝޭ ކުމާރް އާއި ބައްދަލު ކުރަން ވެގެން 900 ޑިލޯ މީޓަށް ހިނގާފައި ދަތުރުކޮށްފައެވެ.

އޭނާ އެ ދަތުރު ފަށާ، 18 ދުވަސް ތެރޭގައި އަކްޝޭއާއި ބައްދަލު ކުރުމަށް މަންޒިލަށް ދިޔައެވެ.

ޕަރްބަތް ނަމަކަށް ކިޔާ މި ޒުވާނާގެ އެއް ހުވަފެނަކީ އަކްޝޭއާ ބައްދަލު ކުރުންކަމުގައިވާއިރު، އޭނާ ވަނީ އަކްޝޭ އާ ބައްދަލުކޮށް އޭނާއާއެކު ފޮޓޯވެސް ނަގާފައެވެ.

އަކްޝޭ ވަނީ އޭނާގެ އެ ފޭންއާައެކު ފޮޓޯ ނަގާ އެ ފޮޓޯ މީސް މީޑިއާއަށްވެސް ލާފައެވެ. އަކްޝޭ ބުނީ، އޭނާއަކީ ޑްވަރްކާއަށް ނިސްބަތްވާ ޒުވާނެއް ކަމަށާއި، އެ ޒުވާނާ އޭނާ ކައިރިއަށް މުމްބާއިއަށް އައުމަށް 18 ދުވަސް ވަންދެން ދަތުރު ކުރި ކަމަށެވެ.

އަކްޝޭ އާއި މި ޒުވާނާ ބައްދަލުވީ އާދީއްތަ ދުވަހުއެވެ. އަކްޝޭވަނީ އެ ޒުވާނާގެ ވީޑިއޯއެއްވެސް މީސް މީޑިއާއަށް ލާފައެވެ. އެ ވީޑިއޯގައި އެ ޒުވާނާ ބުނެފައި ވަނީ އޭނާ ފިޓް ކަމަށާއި، ހިނގުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެއް ކަމަށެވެ.

އަކްޝޭ ވަނީ އޭނާގެ ފޭނުން މިގޮތަށް ކަންތައް ކުރާތީ ނަސޭހަތްތެރިވެފައެވެ. އޭނާ ބުނީ، ހިތްވަރާއި ބުންވަރު އެހެން މުހިންމު ކަމަށް ދިނުން ރަނގަޅުވާނެ ކަމަށެވެ. އަދި އެއީ އޭނާ އެންމެ އުފާވާ ކަންކަން ކަމަށްވެސް ބުންޏެވެ.

މިއީ ޔަގީނުންވެސް ޕަރްބަތްއަށް ވަރަށް އުފާވެެރި ވަގުތުކޮޅަކަށް ވެގެން ދާނެއެވެ.

މީގެ ކުރިންވެސް ބައެއް މީހުން އެ މީހުންގެ ތަރިންނާއި ބައްދަލު ކުރުމަށް ތަފާތު ކަންކަންކޮށްފައި ވެއެވެ.