އޮސްޓްރޭލިއާ ގައި ދާދި ފަހުން މިވަނީ ގަބޫލު ކުރަން ދަތި ކަމެއް ހިނގާފައެވެ. އެ ގައުމުގެ އަންހެނެއް ގެންގުޅެމުން ދިޔަ ހާލެއް މިވަނީ އެ އަންހެންމީހާ މަރާލާފައެވެ.

އެ އަންހެން މީހާ ކުކުޅުތަކުގެ ބިސް ނަގައިގެން ގެއަށް ވަނުމަށް މަސައްކަތްކުރި ވަގުތު މި ހާ ވަނީ އަންހެން މީހާއަށް ހަމަލާ ދީފައެވެ. އެއީ އުމުރުން ދުވަސްވީ މީހެއް ކަމުން ކުރެވޭނެ މާބޮޑު ނެތި އޭނާއަށް މި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވިއެވެ. އޭތީގެ ތުންގަނޑުން އަންހެން މީހާގެ މައި ނާރަށް ހަމަލާދިނުމުގެ ސަބަބުން އޭނާ ވަނީ އެތަނަށް ވެއްޓިފައެވެ. އަދި ގިނަ އަދަދެއްގެ ލޭ ގައިން ބޭރުވުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައިކަން ޑޮކްޓަރުންގެ ރިޕޯޓުން ވަނީ ޔަގީން ކުރެވިފައެވެ.

މި ހާ ވަނީ މިހާރު ބަންދު ކުރެވިފައި

އޮސްޓްރޭލިއާގައި އޮޅު ކޮށްގެން ގެންގުޅޭ ޖަނަވާރާއި ދޫނި އޭގެ ވެރިންނަށް ހަމަލާދިނުން އިތުރުވެފައި ވާއިރު، މިއަހަރު ތެރޭގައި ބުޅަލެއް އޭނާގެ ވެރި މީހާއަށް ހަމަލާ ދިނުމުން މަރުވެފައި ވާއިރު، މީހަކު ގެންގުޅުނު ދޫންޏެއް ހަމަލާ ދިނުމުގެ ސަބަބުންވެސް އެޤައުމުގައި މީހަކު މަރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެ ގައުމުގައި މިފަދަ ހާދިސާތައް އާއްމު ވުމާއި ގުޅިގެން ޖަނަވާރުތަކުގެ މާހިރުން ވަނީ އުމުރުން ދުވަސްވީ މީހުން މިފަދަ ޖަނަވާރުތައް ގެންގުޅުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާޑުހެންހީވަނީ މަމީ

    ތިކަހަލަ އަންހެނުންވެސް އުޅޭ. ކިތައް ދިވެހި ފިރިހިނުންތޯ ދިވެހި އަންހެނެއްގެ ޝިކާރައަކައް ވެ ނިމި ދަނީ!

    17
    13
  2. ކުކުޅުހާ

    ތިޔަ ޖަނަވާރުތަކަށް ކާން ތިދެވެނީ އައިއެސް މީހުންނަށް ތަށްޔާރު ކޮށްފަ ހުރިއެއްޗަކަށް ވާނީ އޮޅިގެން ތިދެވޭނީ

    20
    3
  3. ކުކުޅު

    މިދޭތެރެއިން ހާލެއް ބުޅަލަކަށް ޖިންސީގޯނާކުރާ ވީޑިއޯއެއްވެސް ދުށިން. މިހާރު މިއުޅޭ ހާތަށް އުޅޭވައްތަރެއްދޯ!

    36
    • ނަބާ

      ކޮންމެ އެއްޗެއްގެ ވެސް ފިރިހެންވައްތަރު އުޅޭނީ ތިފާޑަށް ، ކިތައްމެ ލޯބިން ގެންގުޅުނަސް ތަނަކުން ހަަމަ އެހެން އަންހެނެއް ފެންނަ އިރަށް ، އިނދެގެން އުޅޭ އަނބިމީހާ އަށް ކޮށްލާނެ ހަމަ ތިވަރު ?

      9
      25
      • ާއަލިބެ

        ތީތި ކަޑަ އޭ ނަބާ!

        5
        5