ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅުން އިރުން ފަށައިގެން މީހުން ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ އެދެމީހުންގެ އުމުރުގެ ބޮޑު ފަރަގެއް އޮންނަ ވާހަކައެވެ. މިކަމަށް ބައެއް މީހުންގެ ފާޑުކިއުން އޭރު ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، ޕްރިޔަންކާ ކުރި ކަމަކުން އަނެއްކާވެސް އޭނާ މިވަނީ އުމުރުގެ ވާހަކައިގައި ހޫނުފެނަށް ވެއްޓިފައެވެ.

ޕްރިޔަންކާ އާއި ނިކްގެ އުމުރުގެ ދިހަ އަހަރުގެ ތަފާތެއް ހުރިއިރު، ޕްރިޔަންކާ ވަނީ ނިކްގެ އުމުރު ނުބައިކޮށް ހާމަކޮށްފައެވެ. އެގޮތުން ނިކްއަށް 27 އަހަރު ފުރިފައިވާ ކަމަށް ބުނެ ޕްރިޔަންކާ އާންމުކުރި ޕޯސްޓަކަށް މިހާރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، ނިކްގެ އަސްލު އުމުރަކީ 26 އަހަރެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މިހާރު ޕްރިޔަންކާއަށް ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިރިމީހާގެ އުމުރު ޕްރިޔަންކާއަށް ނޭނގުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަނެއް ބަޔަކު އެއީ ޕްރިޔަންކާ އޮޅުވާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރާއިރު، އެފަރާތްތަކުން ބުނަނީ ނިކްގެ އުމުރު ގިނަ ބަޔަކަށް އެނގޭ ކަމަށާއި އޭނާއަށް އަދި ވީ 26 އަހަރު ކަމަށެވެ.

ނިކް ޖޯނަސް އުފަންވީ 1992 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ. އޭނާގެ 27 ވަނަ އުފަންދުވަސް އަންނާނީ މި ހިނގާ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ. އެހެންކަމުން ސެޕްޓެމްބަރު މަސް ފެށިފައިވުމާއި އެކު އޭނާއަށް 27 އަހަރު ފުރުނީ ކަމަށް ބެލެވިދާނެ ކަމަށް ޕްރިޔަންކާ އާއި އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އުމުރުން 37 އަހަރުގެ ޕްރިޔަންކާ، ނިކް އާއި ކައިވެނިކުރީ މިދިޔަ އަހަރުއެވެ. ދެމީހުންގެ އުމުރުގައި ދިހަ އަހަރުގެ ތަފާތެއް ހުރުމުން އެ ދެމީހުންނަށް އެކުގައި މާގިނަ ދުވަހަކު ނޫޅެވޭނެ ކަމަށް ގިނަ ބަޔަކު އޭރު ބުނަމުން ދިޔަނަމަވެސް، އެއީ ހަޤީޤަތެއް ނޫންކަން މި ދެމަފިރިން ދަނީ ސާބިތުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު މާރނީ

    އުމުރު އަޅާކިޔުމަކީ ފީ ވެފައިވާ އާފަލަކާ ތާޒާ އޮރަންޖް އަކާ އަޅާކިޔުން ކަހަލަ ކަމެއް. ނިކް އަކީ ފީވެފައިވާ އާފަލެކޭ ނުބުނަން. މިބުނީ އާއްމު ކޮށް. ޕްރިޔަންކާ އަކީ ތާޒާ ރީތި މީހެއް. ނިކް އަކީ ވެސް ވަރަށް ރީތި މީހެއް. ނިކް އަށް ވަނީ ވަރަށް ބޮޑަށް ހަކުރު ބަލި ޖެހި އެކަމާއި "ހަނގުރާ" ކުރަން ޖެހިފައި. މިތަނުން ކުރިން މަރުވާނެ މީހެއް ދެކެދެނެވޮޑިގެން ވާނީ މާތް ﷲ. ދެމީހުންނަކީ ވެސް އެކަކު އަނެކަކަށް އަރާ އަރަފޯދިގެންވާ ދެމީހުން. ނަމަވެސް އާފަލަކާއި އޮރެންޖް އެއް އަޅާކިޔުމަކީ ވާނޭކަމެއް ނޫން. ހުރިހާ ކަމެއްވެސް ކުޅަދުންވަންތަ ވޮޑިގެންވަނީ މާތްﷲ އަށް.

    46
    1
  2. ހަލް

    ދެމީހުންގެ އުމުރު ހަގަސަް ދޮށްޓަސް ވަރިވާން ވީމަ ވަނީ. ދެން ކޮބާތަ މައްސަލަ އަކީ. ޥަގުތު މީހުން ކުރިން ދުވަހަކު އޮއިތް ލިޔެފަ ގިނަފިރިހެނުން ބޭނުންވަނީ ދޮށީ އަންހެނުންނާ އިންނާށޭ. ޢެހެން ވީމަ ތިވާހަކަ ދެން ނުދައްކަމާ ބަހީ. ކޮން ހަގެއް ދޮށްޓެއް ކިޔާކަށް ތަ. ޕްރިޔަންކާ އާއި ހެދި ކިތަންމެ ޅަފިރިހެން ކުދިން ހެދި ހެދި ތިއްބަތާ ތިޔަ ނިކްއަކާވެސް އިނީ . ާތިޔަކަމުގަ ކޮބާތަ މައްސަލަ އެއް