ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ފިޔަޖަހަމުން އަންނަ ތަރިންގެ ތެރޭގައި ފިލްމީ ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ހިމެނެއެވެ. ދެ މީހުންގެ ލޯބީގެ މާތައް މީސް މީޑިއާގައި އަބަދުވެސް ފޮޅުވަމުން ދެއެވެ. ދެ މީހުން، ދެ މީހުން ދެކެ އިންތިހާއަށް ލޯބިވާ ކަމާއި، އެކަުގައި މުޅި އުމުރު ހޭދަކުރަން ބޭނުންވާ ވާހަކަ މިއީ، އެ ދެ ތަރިންގެވެސް ފޭނުންގެ ހިތްތަކަށް އުފާެވެރިކަން ގެނެސްދިން މެސެޖްތަކެވެ.

އަޒޫ އާއި ސައީދު ކައިވެނީގެ ގޮށް ޖަހާލީ މީގެ ތިން އަހަރު ކުރިންނެވެ. އެއިރުން ފެށިގެން މި މެސެޖްތައް މީސް މީޑިއާގައި ހިއްސާކުރަމުން އަންނައިރު، މި އަހަރު މެއި މަހުގެ 18 ވަނަ ދުވަހު މި ދެ ތަރިންނަށް ލިބުނު އަންހެން ދަރިފުޅާއެކު ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފިއެވެ.

 

މި ދެތަރިންގެ ފޮޓޯތަކަކީވެސް މީސް މިޑިއާގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ފޮޓޯތަކެކެވެ. އެންމެ ފަހުން މި ދެތަރިންގެ ފޮޓޯއަކާއެކު ސައިދު ހިއްސާކޮށްފައި ވަނީ ދެ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެކެވެ. މިއީ ދެ ތަރިން މީސް މީޑިއާއަށް ދޫކޮށްލި، އެ މީހުންގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯއެވެ.

މިދިޔަ ހޯމަ ދުވަހު ސައީދުގެ ފޭސްބްކްގައި ކުރި، ޕޯސްޓެއްގައި އެމީހުންގެ އަންހެން ދަރިފުޅާއެކު، ދެ މީހުންވެސް ތިއްބެވެ. ދަރިފުޅު އޮތީ ބާސްކެޓެއްގެ ތެރޭގައި ނިދާފައެވެ. އެ ފޮޓޯއިން އަޒޫ ފަލަކަމަށް ދެއްކި ނަމަވެސް، އޭނާގެ ރީތިކަމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އާންމު މީހާ

    މީ އަޅެ ބޮލީވުޑްގެ ސައިފް އާއި ކަރީނާތަ…؟

    74
    30
    • ލޮލް

      ކޮޕީވްޑް

      44
      1
  2. Anonymous

    ދެން އަހަރުންނަށް ކޮންކަމެއްތަ. 🙄

    107
    15
  3. ސަޒުނާ

    މާޝާﷲ ވަރަށް ފުރިހަމަ.

    104
    17
  4. ާަޕޮގުބާ

    ހާއްސަކަމެއްނޫން

    48
    7
  5. އޯރު

    ތިގޭކައިރިގަތިބިތަ ވަރަށް ގިނަމީހުން ނުފެނިގެން. މީހުން އެއްވެތިބި އެންމެ ފޮޓޮއެއްވެސް ދައްކަބަލަ.

    50
    4
  6. ޙަރުގެ

    ޙެރީ އެންޑް ކޭޓުތަ؟

    39
    12
    • 🤦🏻‍♀️

      ހެރީ އެންޑް މޭގަން
      ވިލިއަމް އެންޑް ކޭޓް
      ނޭގޭވަރުން އެއްޗިހި ކިޔަން ނޫޅެބަލަ

      75
      5
      • ޙަރުގެ

        ދިވެހި ބަހުގަ “ނޭގޭވަރުން” ކިޔާ ބަހެއް ނޯވޭ! ޔޫރަޕު މީހާ ދިވެހިބަހުން ނުލިޔޭ!

        25
        2
  7. އިނާ

    ކަރީނާ އަށާއި ސައިފްއަށް އެކަނިތަ ފޮޓޯ ދެއްކޭނީ. ދިވެހިން ވީމަތަ އާއްމުމީހާ ތިއަޅައިގަތީ

    55
    27
  8. ބަކުރުބެ

    ސައީދުގެ ކިތައްވަނަ ދަރިތަމިއީ

    47
    3
  9. ރމޑ

    ތީވަރައް ބޮޑުކަމެއް ހުވާތަ ހަމަ ދައްކާލީތަ އަދިނުފެންނާނެ އެކަކައްވެސް އެއީ އެއީ އަދި އަލައްވީމަ

    23
    1
  10. ސާބަސް

    ބޮލީވުޑަށް ނުވިއެއް ކަމަކު ފިލްމްސްޓާރުންގެ ހަބަރަކީ ހަމަ ހާއްސަ ހަބަރުތަކެއް.... އެހެން ނަމަ ރަނގަޅެއްނު ތިބޭފުޅުން އަބިންނާ ދަރންނާ ފިރިންނާ އެއްކޮށް ހުންނަ ފޮޓޯތަށް ހަބަރުގަ ޖަހަންވެސް... ނުޖަހައެއްނު ކަމެއްވީމަ އެއްނު ވަކި ބައެއްގެ ފޮޓޯ ޖަހަނީ... ތިބޭފުޅުންގެ ފޮޓޯ ޖެހިޔަސް އަހަންނަކަށް އަދި ރެޔަކާ ނުލާނެ.... ނޫންތަ އަޅެ...

    34
    39
    • ފަލަޑޭ

      ބޮޑުގުޅަ ވީމަވެސް ޖަހާނެ ދޯ

  11. ----------ކަރީނާ

    ފޮޓޯ ދެއްކީމާ މި މީހުން ހާދަހާ މޭ އެބަ ކަރުވައޭ ދޯ

    18
    17
  12. ކޮލި

    ލަޔަން ކިންގް މޫވީގައި ސިންބާ އުފުލާފަ ދައްކާލާހެން ސައީދު ދަރި އުފުލާފަ ދައްކާލި ނަމަ ވަރަށް ފުރިހަމަވީސް

    17
    4
  13. ދެން؟

    💋💓💖💞💕

    2
    2