ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ކައިވެނި ބައްލަވައިގެންފިއެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ފިރުޝާން ކައިވެނި ބައްލަވައިގެންނެވީ އޭނާގެ ވެސް އުފަންރަށް ކަމަށްވާ ހޯނޑެއްދޫ ބޭކަނބަލެއް ކަމަށްވާ ނިޔާފް މުހައްމަދު އާއިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ފިރުޝާން ކައިވެނި ބައްލަވައިގެންނެވީ ވަރަށް ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި ލޯބިވެރިޔާ އާއިއެވެ.

މެންބަރު ފިރުޝާން ކައިވެނި ޕާޓީ އޮތީ ހޯމަ ދުވަހުގެ ރޭ ރަސްފަންނު ގައެވެ. ކައިވެނި ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި މަޑަވެލި ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާއްމުން ބައިވެރިވިއެވެ.

މެންބަރު ފިރުޝާން ވަނީ ރައްޔިތުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ހޯނޑެއްދޫ ކައުންސިލަރު ކަން ވެސް ކުރައްވާފައެވެ.

މެންބަރު ފިރުޝާނަކީ މިފަހަރު ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން ކައިވެނި ބައްލަވައިގެންނެވި ފުރަތަމަ މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޜިން

    ތިޔައީ ވަރަށް ލާނެއްސޮރެ

    41
    6
  2. ގޮތް ކުޑޭ

    ހެޕީ މެރިޖު ލަވް މެރިޖު ތަ

    23
    3
  3. ޅޮލް

    ދެން އޯކޭ! ޣުޑް ލަކް

    19
  4. ހާބުރި

    މީތަ ބުރުމާ ގާސިމްއާއި ޖައްސައިލައިގެން އުޅޭ ސޮރަކީ؟

    14
    1
    • ދާރު

      ގާސިމް 4 އަބި
      ފިރުޝާން 1 އަބި

      އަދި 3 އަނބިން ހޯދާފަ ގާސިމާ ބެހެން މަޑުކޮށްލާ

      21
      4
  5. ގިޓާ

    ކައިވެންޏަށް މަރުޙަބާ! އެކަމަކު ދީނަށް ފުރއްސާރަ ކުރުމުގައި ދެމިނުހުންނާތި އެކަމާދެކޮޅަށް ބަސްބުނާތި އޭރުން ފުރިހަމަ ބަރަކާތާއި ސަވާބު ލިބޭނެ