އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަތޫރާގައި ނުކުޅެދުންތެރިކަން ހުންނަ ފިރިމީހާ ކޮނޑަށް އަރުވައިގެން ސަރުކާާރުގެ އިދާރާތަކަށް ގެންދާ އަންހެނެއް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ބިމާލާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ފިރިމީހާ އަކީ މީގެ ކުރިން ޕިކަޕް ޑްރައިވަރެކެވެ. އޭނާ އެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން އޭނަގެ އެއްފައި ވަނީ ބުރިކުރަން ޖެހިފައެވެ.

ބިމާލާ އޭނާގެ ފިރިމީހާ ކޮނޑަށް އަރުވައިގެން ތަންތަނަށް ހިނގާާފައި ދަނީ އޭނާގެ ފިރިމީހާއަށް ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގެ ސެޓިފިކެޓު ސަރުކާރުގެ އޮފީހަކުން ހޯދުމަށެވެ. އެއީ ފިރިމީހާއަށް މަސައްކަތް ނުކުރެވޭތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތް ހޯދުމަށެވެ. އަދި ފިރިމީހާ ކޮނޑަށް އަރުވައިގެން ދަނީ އޭނާ އަރުވައިގެން ދުއްވާނެ ފުރޮޅުލީ ގޮނޑިއެއް ނެތުމުންނެވެ.

އެ ސެޓިފިކެޓު ހޯދުމަށް މިހާރު ސަރުކާރުގެ އެތައް އޮފީހަކަށް ގޮސްފައިވާ ނަމަވެސް ބިމާލާ ބުނީ އޭނާއަށް އެކަމުން ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ކޮންމެ އޮފީހަކުންވެސް އޭނާ ފޮނުވާލަނީ އެހެން އޮފީހަކަށް ކަމަށް ބިމާލާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ފިރިމީހާ ކޮނޑަށް އަރުވައިގެން ސަރުކާރުގެ އިދާރާާތަކަށް ދަނީ އޭނާ އާންމުދަނީ އަށް ކުރާ މަސައްކަތް ހުއްޓާލާފައި ކަމަށެވެ. އެކަމުގެ ސަބަބުން އަމިއްލަ އާންމުދަނީއަށް ވެސް އަސަރު ކުރާ ކަމަށް އޭނާ ބުންޏެވެ.

ބިމާލާގެ ވާހަކަ އިންޑިއާގެ ނޫހަކުން ރިޕޯޓު ކުރި ހިސާބުން އޭނާގެ ހިތްވަރަށް އެތައް ބަޔަކު މިހާާރު ދަނީ ތައުރީފު ކުރަމުންނެވެ. އަދި އޭނާގެ ފިރިމީހާ ކޮނޑަށް އަރުވައިގެން އުޅުމުން އެކަމާ ގިނަ ބަޔަކު ހައިރާންކަން ފާޅުކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަައިޒް

    ތި ގޮތައް އުޅޭ ފިރިހެނެއް ދައްކަބަލ... މަދުވާނެ